އެމްޑީޕީގެ އިސްވެރިން ގެއްލިއްޖެ: މެންބަރުންގެ ކަންބޮޑުވުން

09cddf78 Af8c 4593 Afe4 Af3508818954
އެމްޑީޕީގެ ލީޑާޝިޕުގައި މިވަގުތު ތިއްބެވި އެންމެ އިސް ތިން ބޭފުޅުން: އެމްޑީޕީގެ ރައީސް ޝާހިދު, ރައީސް ސޯލިހު އަދި ޗެއާޕާސަން ފައްޔާޒް އިސްމާއިލް

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ދަށް ނަތީޖާއާއި އެކު އެމްޑީޕީގެ އިސްވެރިން ގެއްލިފައިވާތީ އެ ޕާޓީގެ އާންމު ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިގޮތުން އެމްވީޓައިމްސްއާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެމްޑީޕީ ލީޑާޝިޕުގެ ކަރަޕްޝަން އިންތިހާއަށްގޮސް ޕާޓީއަށް, ވެރިކަން ގެއްލި, މަޖިލިސް ގެއްލި އަދި އެންމެ ފަހުން ޕާޓީގެ އާންމު މެންބަރުންނަށް ލީޑާޝިޕްގެ އިސްވެރިން ވެސް ގެއްލިއްޖެކަމަށެވެ.

“މި ޕާޓީއަކީ ވައްޓާލީމާ އެއްއަށްވުރެ ބާރަށް ތެދުވާ ޕާޓީއެއް ގޮތުގަ މަޝްހޫރު ޕާޓީއެއް. އެކަމަކު މި ފަހަރު ޕާޓީ އަނަދަވަޅަކަށް ވައްޓާލާފަ ލީޑާޝިޕު ގެއްލިއްޖެ. ނޫނީ ފިލައިފި,” އެމްޑީޕީގެ އާންމު މެންބަރަކު ބުންޏެވެ.

އާންމު މެންބަރުންގެ އިތުރުން ލީޑާޝިޕާއި ގާތް ގުޅުން އޮންނަ ބައެއް މެންބަރުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު މަސައްކަތް ކުރެއްވި ކުރީގެ މަޝްހޫރު ފިލްމީތަރި ރީކޯ މޫސާ މަނިކުވެސް ވަނީ މިފަދަ ކަންބޮޑުވުން ތަކެއް ފާޅުކުރައްވައިފައެވެ.

“އެމްޑީޕީގެ އިސްވެރިއަކީ ކާކުތޯ މެމްބަރުންނަށް އެނގެން އެބަޖެހޭ؟ ކުރީގެ ރަޢީސް ތޯ؟ ޕާޓީގެ ރައީސް އަބްދުއްﷲ ޝާހިދު ތޯ؟ ޗެއަރ ފައްޔާޒުތޯ؟ ފަހުން ބޭއްވި ކޮނގްރެސްގަ ޕާޓީގެ ގިނަ ބާރުތަކެއް ޗެއަރ އަށް ދިންކަންއެނގޭ، އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ޒިންމާނަގަނީ ކާކުތޯ؟” ރީކޯ މޫސަ ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ވަނީ މިހާތަނަށް އިންތިހާބެއްގައި ކުރިމަތިލާންޖެހުނު އެންމެ ބޮޑު ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައެވެ.

މަޖިލީހުގެ 90 ގޮނޑިއަށް ވާދަކޮށްގެން އެ ޕާޓީއަށް ލިބުނީ އެންމެ 12 ގޮނޑިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާރު އޮތް އެމްޑީޕީގެ ލީޑާޝިޕުން ފުރައްސާރަކޮށް ޖެއްސުން އެމަނިކުފާނު އެ ޕާޓީން ވަކިވާންޖެހުމުން, އެ ޕާޓީން ވަކިވެ ވަޑައިގެން ވަނީ އެމްޑީޕީ “ރޫޅާލާނެ” ކަމަށް ވިދާޅުވެފައެވެ.

ފަހުގެ