މާލޭގެ ފެން ބޮޑުވުން ހުއްޓުވުމަށް ކުރި މަަސައްކަތަށް އެމްޑީޕީ ސަރުކާރުން ހުރަސްއެޅި

Big Vyj9gc8ryt9axqbianyiqakhd

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނަވައިގެން މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ކުރެއްވި މަސައްކަތްތަކަށް އޭރުގެ ސަރުކާރުން ހުރަސްއެޅި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކުރިން ރައީސް މުޢިއްޒުގެ އިސްނެންގެވުމުގައި ފެށި މަސައްކަތް ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ހުއްޓާލަން ޖެހުނު ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް، ރައީސްގެ އިރުޝާދުގެ ދަށުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު އަމަލީ މަސައްކަތް ފަށައިފައިވާ ކަމަށެވެ. މިކަމަކީ މާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ނަރީޝް ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ، ރައީސް މުޢިއްޒުގެ ވެރިކަމުގައި ކޮށްދެއްވަން ވިސްނާވަޑައިގެންނެވި މަސައްކަތްތަކެއް ކަމަށާއި، ކުރީ ސަރުކާރުން އެކަމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ލަސްވެގެންދިޔަ މަސައްކަތްތަކެއް ކަމަށް ނަރީޝް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވެރިކަން ފެށިގެން މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލުތަކަށް މާލޭ ސިޓީ ކައުންސިލުގެ ނަމުގައި ނަރީޝް ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތައް ފިލައި، ދިރިއުޅުން ހަލުއިވެގެންދާނެ ކަމުގެ އުއްމީދު ކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.

ފަހުގެ