ޤައުމަށް ބޭނުންވާ ކަރަންޓުގެ 5 ޕަސަންޓު ސޯލާ ހަކަތައިން އުފައްދަން ފަށައިފި

Big Zvufmbifvzr8yxhvie03siutm

ސަރުކާރުން ކުރިޔަށް ގެންދާ “މަގޭ ސޯލާ ޕްރޮގްރާމް” ގެ ދަށުން، މިހާރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ތެރެއިން 5 ޕަސެންޓް ސޯލާ ހަކަތައިން އުފައްދަން ފަށައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމުލަ 65 މެގަވޮޓްގެ ސޯލާ ނިޒާމުތައް ޤާއިމުކޮށް، އިރުގެ އަލިން ކަރަންޓު އުފެއްދުމަށް ބޭނުންކުރަން ފަށާފައިވާ ކަމަށް އެންވައިރަންމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ. ސަރުކާރުގެ ތަސައްވުރަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ޤައުމުގައި ބޭނުންކުރާ ޖުމުލަ ކަރަންޓުގެ ތިންބައިކުޅަ އެއްބައި އިޔާދަކުރަނިވި ހަކަތައިން އުފެއްދުމެވެ. އެގޮތުން، މިއަހަރުގެ ނިޔަލަށް އިތުރު 10 މެގަވޮޓްގެ ސޯލާ ނިޒާމުތައް ރާއްޖޭގެ ރަށްރަށުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ކާބަން ބޭނުންކުރާ މިންވަރު ކުޑަކޮށް، ސާފު ހަކަތައިގެ ބޭނުން ހިފުމާއި، ކަރަންޓު އަގުހެޔޮކޮށް، ރައްޔިތުންނަށް އެކަށޭނަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމެވެ. އަދި މިކަމުން ޤައުމަށް އިޤްތިސާދީ އަދި އިޖްތިމާއީ ފައިދާ ކުރާނެއެވެ.

ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. މި ވަޢުދުގެ ދަށުން ކުރިއަށް ގެންދެވޭ މަގޭ ސޯލާ މަޝްރޫޢަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ފެށިފައިވާ މަޝްރޫއެކެވެ.

ފަހުގެ