ހުޅުލޭ އެއާޕޯޓުގެ އެމްޑީގެ ކާރު ވަގަށް ނެގި މީހުން ހައްޔަރުކޮށްފި

360 F 343127899 Ixedyf80hsdawbk74zj5vphu9htudjpc

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފްގެ ވެހިކަލް ވަގަށް ނެގުމުގެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އެމްއޭސީއެލްގެ އުޅަނދެއް ގެއްލުނުކަމުގެ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދާއި ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލައަކީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފްގެ ވެހިކަލް ވަގަށް ނެގި މައްސަލައެވެ. ޝަރީފްގެ ވެހިކަލް މިދިޔަ ހަފުތާގެ ކުރީކޮޅުގައި ވަގަށް ނެގުނު ކަމުގެ މައްސަލަ ފެންމަތިވެ، އަންގާރަ ދުވަހުގެ ރޭ އެ އުޅަނދު ވެސް ފުލުހުން ވަނީ ހޯދައިފައެވެ.

ގެއްލުނު ވެހިކަލް ހޯދާ، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށް ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން މީޑިއާ މެސެޖުގައި ބުނެފައިވެއެވެ.

ފަހުގެ