މުޅި އެމްޑީޕީން އިސްތިއުފާއަށް ގޮވިޔަސް, ފައްޔާޒު ބުނީ އިސްތިއުފާ ނުދޭނެކަމަށް

6hhls22o Fayyaz Ismail 625x300 10 January 24

އެމްޑީޕީގެ ގިނައަދަދެއްގެ މެންބަރުން އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިސް އިސްތިއުފާ ދިނުމަށް ގޮވަމުން އަންނަނިކޮށް, އިސްތިއުފާ ނުދޭނެކަމަށްކަމަށް ފައްޔާޒު ބުނެ އޭނާގެ ހުދުމުހުތާކުރަން ދައްކާލައިފިއެވެ. .

ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑެ ބައްޔަށްފަހު، ޕާޓީގެ ލީޑަރޝިޕް ބަދަލުކުރުމަށް އަންނަ ގޮވާލުންތަކާ ގުޅިގެން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ފައްޔާޒު މިހެން ވިދާޅުވީ އިއްޔެ ޕާޓީގެ ގައުމީ މަޖިލިސް ނިންމަވާލައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އޭނާގެ އިސްތިއުފާއަށް އެންމެ ބޮޑަށް ގޮވާލަމުން އަންނަނީ އެމްޑީޕީގެ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. ނަމަވެސް މިވަގުތު އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވި ނަމަވެސް, އެމްޑީޕީގެ ގިނައަދަދެއްގެ އާންމު މެންބަރުން އަންނަނީ ފައްޔާޒާއި އެމްޑީޕީގެ ލީޑާޝިޕު އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އަދި ފައްޔާޒު އިސްތިއުފާ ނުދޭކަމަށް ބުނުމުން އެމްޑީޕީން ގިނައަދަދެއްގެ ބަޔަކު ވަނީ އެ ޕާޓީން ކެނޑެންވެސް ނިންމައިފައެވެ.

ފައްޔާޒުގެ އިސްތިއުފާއަށް އެދި އެ ޕާޓީގެ މެންބަރުން ގޮވާލާ މައްސަލައިގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވާހަކަފުޅު ދެއްކެވިއެވެ. ފައްޔާޒަށް އިޝާރާތްކުރައްވާ ޝާހިދު ވިދާޅުވީ އެއްވެސް ހާލެއްގައި އޭނާ އިސްތިއުފާ ދެއްވައިގެން ނުވާނެކަމަށެވެ. އަދި އެމްޑީޕީން ސާބިތުކަމާއެކު މަސައްކަތްކޮށް އަނެއްކާވެސް ވެރިކަމަށް އަންނާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޕާޓީގެ އިންތިޚާބީ ބަލިވުންތަކުގެ ސަބަބު ދެނެގަތުމަށް މަސައްކަތްތަކެއް ފަށާފައިވާކަމަށާއި، މިކަން ދިރާސާކުރަމުން ގެންދާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފަހުގެ