މިއަދު ވެސް ބަޖެޓު ހުށަހަޅުއްވަން އަމީރު ވަޑައިނުގެންނެވި

L 2023 09 22 122836 95jxmlbw6vzkn1eqd37icuf8rg2ot4sphay En

އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓްރަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަން ވަޑައިނުގަނެވޭނެކަމަށް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް އޮތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން ނަމަވެސް, މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅިފައެއް ނުވެއެވެ. ސަބަބަކީ މަޖިލީހަށް ބަޖެޓު ހުށަހަޅަންޖެހޭނީ ފިނޭންސް މިނިސްޓަރުކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީއެވެ.

“13 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުއްވުން އޮތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުގެ ބަލިހާލަތު ހުރި ގޮތުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްވާހަކަ ހިތާމައާއެކު ދެންނެވީމެވެ،”  ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަމީރު ފޮނުއްވި ސިޓީފުޅު-

ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ވަޑައިގެން ބަޖެޓު ހުށަނޭއްޅުވިއިރު, މިއީ ބަޖެޓުގެ ޖަލްސާއެއް އެޖެންޑާކުރެވި ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު ވަޑައިނުގެންނެވި ދެ ވަނަ ފަހަރެވެ.

މީގެ ކުރުން ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެން ބަޖެޓު ހުށަނޭޅުއްވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވަނިކޮށް އެ މައްސައްކަތް ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށް ބަންޑާރަ ނައިބު ލަފާދެއްވާފައިވާތީއެވެ.

ފަހުގެ