ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މަސައްކަތް ފައްޓަވައިފި

Muizzu W Wife

ސަރުކާރު ކޯލިޝަންގެ ފަރާތުން ކުރިޔަށް އޮތް މަޖިލީސް އިންތިހާބަށް މާލެ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޕީއެންސީގެ ރައީސް އަދި ކޯލިޝަން ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ޑޯޓުޑޯ އަށް ނިކުންނަވަން މިއަދު ފައްޓަވައިފިއެވެ.

ސަރުކާރު ކޯލިޝަނުގެ އޮފިޝަލެއް މިއަދު ބުނީ  މާލެ ސިޓީގައި ރައީސް މުއިއްޒު، ޑޯޓުޑޯ ހަރަކާތް މިއަދު މެންދުރުން ފެށިގެން ފައްޓަވާފައިވާކަމަށެވެ.  އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ހެންވޭރު ހުޅަނގު ދާއިރާއަށްކަމަށްވެސް އޮފިޝަލު ބުންޏެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ޕީއެންސީގެ ޓިކެޓް ގައި 90 ކެންޑިޑޭޓުން  ވާދަކުރެއެވެ. އަދި ތިން ދާއިރާއަކަށް ވާދަ ކުރާ ތިން ޕާޓީގެ ލީޑަރުންނަށް އެ ކޯލިޝަންގެ ތާއީދު ވަނީ ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

ފަހުގެ