މަހުލޫފް ހަދަނީ ދޮގު: ނަޒޫގެ ކޮއްކޮ

Img 4384

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނީ، ފުވައްމުލަކަށް ނިސްބަތްވާ މިދިޔަ ސަރުކާރުގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ) ގެ ފިރިމީހާ އަދި، ކުރީގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެ ހައްދަވަނީ އިތުރުފުޅެއްކަމަަށް ނަޒްރާގެ ކޮށްކޮ ބުނެފިއެވެ.

އެ އިންތިހާބާއި ގުޅުވައިގެން މަހުލޫފް އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ނަޒްރާގެ ބޭބޭފުޅު، ފައިސަލް ނަސީމް ކަމަށެވެ. އެކަމަކު އެމަނިކުފާނަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓު ކަމަށް ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވީ، އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒްރާ އާއި ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަަށާއި، އަދި ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފުގެ މި ވާހަކަތައް ދޮގުކޮށް ނަޒްރާގެ ކޮއްކޮ ބުނީ، ބަލިވީމާ ބަލި ގަބޫލުކުރިން އެއީ ޑިމޮކްރަސީގެ ރަނގަޅުގޮތް ކަމަށެވެ.

”ފައިސަލް ނަޒޫއަށް އެންޓި ކެމްޕޭނެއް ނުކުރޭ. ފައިސަލްއާ ނަޒޫއާ ޖެހޭ މައްސަލައެއީ އެމްޑީޕީއާ ބެހޭ ކަމެެއްނޫން،” ހާބް ނަސީމް ބުންޏެވެ.

އެ ދާއިރާގެ ގޮނޑި ނެގީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. އޭނާއާ ނަޒްރާ އާ ދެމެދު އިނީ 48 ވޯޓުގެ ތަފާތެކެވެ.

ފަހުގެ