ކެމްޕޭނު އޮފީހުގައި ރޯކޮށްލި މީހާ ހައްޔަރުކޮށްފި

Img 4382

ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރީ މިއަދު މެންދުރުފަހެވެ

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. 

ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލާފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

 ރޯކޮށްލީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓް ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހެކެވެ. އެ ދާއިރާއިން ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ވެސް ފަރުހަތެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފަހުގެ