!ރޮޒޭނާ ހޫނު ފެނަށް

Rozeinaa 1
ރޮޒޭނާ އާދަމް

އެމްޑީޕީގެ މެޖޯރިޓީ 20 ވަނަ މަޖިލީހަށް ގެއްލިފައިވަނިކޮށް އަދި 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން އެއްންމެ މަހެއްހާ ދުވަހަށް ވެފައިވަނިކޮށް އައްޑޫ މީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒޭނާ އަދަމް ހުށަހެޅުއްވި އިސްލާހަކާއެކު އޭނާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.

ޕްރައިމަރީން ފެއިލްވެ, މަޖިލީހުގެ ގޮނޑި 20 ވަނަ މަޖިލީހަށް ގެއްލުނު މެންބަރުންގެ ތެރޭގައި ރޮޒޭނާ އާދަމް ހިމެނެއެވެ.

ރޮޒޭނާ ހުށަހަޅުއްވާފައިވާ އިސްލާހެއްގެ ފުރަތަމަ ކިއުން މިއަދު މަޖިލީހުގައި އިއްވުމުން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް, 20 ވަނަ މަޖިލީހުން ފުރުސަތު ނިލިބޭ ގިނަ މެންބަރުންތަކެއް ތިބި އެމްޑީޕީގެ މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ ކަންބޮޑުވުމެއްކަމަށް ބުނެފަ. 

މި އިސްލާހު ފާސްވެއްޖެނަމަ 21 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރާއިރު ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލާއި އެއްގޮތަށް އަމަލުކުރަންޖެހޭނެ. 

ރޮޒޭނާ ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ 33 އިންސައްތައަކީ އަންހެނުންކަމަށް ކަނޑައެޅުމަށް ޤާނޫނު އަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

މި މައްސަލައިގައި ސޯޝަލް މީޑިއާގައިވެސް ބައެއް މީހުން ވަނީ ރޮޒޭނާއަށް ފާޑުކިޔައިފައެވެ.

ރައްޔިތުންގެ މަޖިލީހަކީ އަންހެނަކަށް ވީތީ ތަބަކަށްލާފައި ދޭން ޖެހޭ އެއްޗެއް ނޫން ކަމަށާއި މަޖިލީހަށް އިންތިހާބު ކުރަނީ ރައްޔިތުން ވޯޓު ދީގެން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވެސް ވަނީ ވިދާޅުވެފައެވެ.

އޭނާ އެހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންނަށް މަރުހަބާ ވިދާޅުވެ މި އިންތިހާބަކީ ފަހުރުވެރިވާން ޖެހޭ ވަރު އިންތިހާބެއް ނޫންކަމަށް ބުނެ ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައެވެ.

ރޮޒައިނާގެ ޕޯސްޓުގައި ބުނީ، މަޖިލީހަށް އިންތިހާބުވި އަންހެން މެންބަރުންގެ އަދަދު މަދުވެ 93 ކެންޑިޑޭޓުންގެ ތެރެއިން 3 އަންހެން ކެންޑިޑޭޓުން އިންތިހާބުވުމަކީ ލަދުވެތިކަމެއް ކަމަށް. އަދި ވިދާޅުވީ މަޖިލީހުގެ ކޯޓާ ދެ ޖިންސަށް ހަމަހަމަ ކުރަންޖެހޭ ކަމަށެވެ.

އެ ޕޯސްޓު ޝެއާ ކުރައްވާ އެ ވާހަކަތަކަށް ރައްދުދެއްވާ ފާތިމަތު ތައުފީގު ވިދާޅުވީ، އަންހެންނަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވެސް، މަޖިލީހުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބޭކަމަށެވެ.

މީގެ އިތުރުން ނަންބަރު އިތުރު ކުރަން ކަމަށް ބުނެ އެއްވެސް ގޮތެއް ފޮތެއް، އަދަބެއް، އަހްލާގެއް ނެތް އަންހެނުންތަކެއް މަޖިލީސް ހަލަބޮލިކުރަން ހޮވުމަށްވުރެ، ނުހޮވުން މާ ރަނގަޅުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފާތިމަތު ތައުފީގު އެހެން ވިދާޅުވުމާ ގުޅިގެން ރޮޒައިނާ އިތުރަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނަކަށްވެ ހުރެ އެކަހަލަ ވާހަކައެއް ދެއްކުމަކީ ދެރަކަމެއް ކަމަށް. އަދި މަޖިލީސް ހަލަބޮލިކުރަނީ އަންހެން ކަމަށް ވިދާޅުވިއިރު ފިރިހެނުން މަޖިލީހުގައި ‘އަލިފެއްހެން’ ތިބެނީތޯ ރޮޒައިނާ ސުވާލު ކުރެއްވިއެވެ.

 

ފަހުގެ