އަބްދުالله ޝާހިދަށް ފަސް އަހަރުން ނުވިކަމެއް މުއިއްޒު ކުރެއްވީ އެންމެ ދުވަހަކުން

Shahid With Dad

ދިވެހިރާއްޖޭގެ އިގްތިސާދުގެ އެންމެ މުއިއްމު އެއް ލޭނާރަކީ މަސްވެރިކަން ކަމަށް އަބަދުވެސް ވާަހަކަ ދެކެވެއެވެ. ނަމަވެސް ދިވެހި މަހަށް ދުނިޔޭ މާކެޓުތަކުގައި އެކަށީގެންވާ ޑިމާންޑެއް އުފެއްދުމަކީ މިހާތަނަށް ހާސިލުނުވެއޮތްކަމެކެވެ. ސަބަބަކީ ދިވެހި ކަނޑުމަސް އެކްސްޕޯޓު ކުރުމުން ނަގާ ބޮޑު ޓެކުހެވެ. ޔޫރަޕުގައި ދިވެހި ކަނޑުމަހަށް ނަގާ ޓެކުގެ އަދަދު އިންތިހާއަށް ބޮޑެވެ.

މިގޮތުން ޔޫރަޕިއަން ޔޫނިއަން އަށް ދިވެހި ކަނޑުމަސް އެކްސްޕޯޓު ކުރެވެނީ 24 ޕަސަންޓުގެ ޑިއުޓީއަކާއި އެކުއެވެ. 2021 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަމުން ވެސް ވަނީ އެ ޑިއުޓީ ކަނޑާލައި, އިންޑިއާ ކަނޑުގެ މަސްވެރިކަން ކުރާ ގައުމުތަކާއި ދިވެހިރާއްޖެ ޔޫރަޕް މާކެޓުގައި ވާދަކުރެވޭނެ އިންތިޒާމު ހަމަޖައްސުމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތްތަކުގެ އެންމެ އިސްވެރިއަކަށް ހުންނެވީ އޭރުގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ކަން ފޮރިން މިނިސްޓްރީން އެމްޑީޕީގެ ވެރިކަމުގައި ނެރުނު ބަޔާންތަކުން ސާބިތުވެއެވެ.

އެންމެ ފަހުން އދ ގެ ޖެނެރަލް އެސެންބްލީގެ ރައީސްކަން ވެސް އަބްދުالله ޝާހިދަށް ލިބުނެވެ. ނަމަވެސް ދިވެހި ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުގެ ބޮޑު ޓެކްސް ކަނޑައެއް ނުލެވުނެވެ.

ނަމަވެސް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިންވެސް ވަނީ ފަސް އަހަރު ދުވަހުން އަބްދުالله ޝާހިދަށް ނުކުރެވުނު މަަސައްކަތް އެންމެ ދުވަހެއްގެ މަޝްވަރާއިން ކޮށް ނިންމަވާލައްވައިފައެވެ. އެއީ ދިވެހި ކަނޑުމަސް ޔޫރަޕުގެ ގައުމެއްކަމުގައިވާ ތުރުކީއަށް އެކްސްޕޯޓުކުރަން އެ ގައުމުން އެބަސް ކުރުވުމެވެ.

މި މަސައްކަތް ތަކުގެ އުންމީދު ބޮޑުކަން މިއަދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ހަމަކުރައްވައިފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ, ތުރުކީއާއެކު ގާއިމް ކުރުމަށް މަސައްކަތްކުރަމުން އަންނަ މިނިވަން ވިޔަފާރީގެ އެއްބަސް ވުމުގެ ދަށުން ދިވެހި ކަނޑުމަހުގެ ޓެކްސް އެއްކޮށް ކަނޑައިލާނެކަމަށެވެ. އޭގެ އިތުރުން 241 އެއް ބާވަތެއްގެ ޓެކްސް ކަނޑައިލުމަށް ހުށަހަޅާފައިވާކަމަށެވެ.

ފަހުގެ