ބޮޑު ނާކާމިޔާބީއާއި އެކު ފައްޔާޒު އިސްތިއުފާ ދޭންޖެހޭ: މެންބަރުން

334953 3 Cf0237e1666475e4c3943ec2c8577e5123430951 Medium
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ފޮޓޯ އެޑިޝަން

އެމްޑީޕީއަށް މިހާތަނަށް އާންމު އިންތިހާބެއްގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީގެ ވޯޓު ގުނަމުން އަންނައިރު, އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވަންޖެހޭނެކަމަށް އެ ޕާޓީގެ ބައެއް އާންމު މެންބަރުން ބުނަންފަށައިފިއެވެ.

އާންމު މެންބަރުން ބުނަމުން ގެންދަނީ އެމްޑީޕީގެ އެތެރޭގައި އެތައް ގަޑުބަޑެއް ފައްޔާޒު ހަދައިގެން މުޅި ޕާޓީ “ރޫޅިގެން ދިއުމުމުގައި” ފައްޔާޒުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.

“މި ނަތީޖާއިން ސާބިތުވަނީ ފައްޔާޒު ފެއިލްވެއްޖެކަން. ޕާޓީ ދެން ވެސް ސަލާމަތް ކުރުމަށް ވަގުތުން ވަގުތަށް ފައްޔާޒު އިސްތުފާ ދޭންޖެހޭ,” މި މައްސަލައިގައި ނުރުހުން ފާޅުކުރި މީހަކު ބުންޏެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުން ދުރުކުރުމަށްފަހު އެމްޑީޕީން މަޖިލީހުގެ ރައީސްގެ ގޮތުގައި ހަމަޖެއްސި މުހައްމަދު އަސްލަމް ވެސް ވަނީ މި އިންތިހާބުން ފެއިލްވެ ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިންކަންކުރާ ޕީއެންސީއަށް ވަނީ 70 ގޮނޑި ކާމިޔާބު ކުރެވިފައެވެ. އަދި އެމްޑީޕީއަށް ކާމިޔާބު ކުރެވުނުކަމަށް ފެންނަނީ އެންމެ 12 ގޮނޑިއެވެ. އަމިއްލަ 7 މެންބަރުންނަށް ގޮނޑި ކާމިޔާބު ކުރެވުނުކަމަށް ވަގުތީ ނަތީޖާ ދައްކާއިރު, އެމްޑީއޭ އިން ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފައެވެ. ޖޭޕީއަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވާއިރު, އެމްއެންޕީން ވެސް ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.

ފަހުގެ