އިއުލާނުނުކޮށް ރަސްމާލެ ހިއްކަން ފެށި މައްސަލަ އޭސީސީން ބަލަން ފަށައިފި

333784 3ee8e89c E
ރަސްމާލެ ހިއްކަންފެށުން:

ކ. ފުށިދިއްގަރު ނުވަތަ ރަސްމާލެ ހިއްކަން ފެށިއިރު އެ މަޝްރޫ އިއުލާނު ނުކުރި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން އިން ބަލަން ފަށައިފިއެވެ. އެ މައްސަލަ ބަލަން ފަށާފައިވަނީ އަމިއްލަ ފަރާތަކުން ކާކުކަން ނޭގޭ ގޮތަށް އޭސީސީއަށް ހުށަހަޅާފައިވާތީއެވެ.

މި މައްސަލައިގެ އިތުރުން ދައުލަތުގެ ބަޖެޓުގައި ނުހިމަނާ މަޝްރޫއެއް ހިންގަން ފެށުމުން އެ މައްސަލަވެސް ވަނީ އޭސީއަށް ހުށަހަޅާފައެވެ.

ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.

އަންނަ އަހަރަށް ލަފާ ކުރާ 48 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލިހަށް ހުށަހެޅި އިރު މި ސަރުކާރުން އެދިގެން ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމެނިއެވެ. އެކަމަކު މަޖިލީހުން ބަޖެޓު ފާސްކުރީ އެ މަޝްރޫއު އުނިކޮށް އެ ފައިސާ ޕީއެސްއައިޕީ އަދި ގުޅީފަޅާއި ގިރާވަރުގެ ތަރައްގީ އަށް ހިމެނުމަށެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް “ރަސްމާލެ”ގެ ނަމުން ނަންދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ އެންމެބޮޑެތި މައްސަލަތައް ފިޔަވައި އެމަނިކުފާނުގެ ސަރުކާރުގައި އެންމެބޮޑު އިސްކަމެއް ދެއްވާކަމަކީ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށް ކަމަށެވެ. އެގޮތުން މުޅިރާއްޖޭގައި ޕްލޭންކޮށްގެން ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ފުރުޞަތުތައް ހުޅުވާލައްވައި މަސައްކޮށްދެއްވާނެކަމަށާއި އޭގެތެރޭގައި ރާއްޖޭގެ އުތުރާ ދެކުނުގައި އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްޤީކުރުމާއި އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަތް އާބަންސެންޓަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައި ދިނުންފަދަ ލުއިފަސޭހަތައް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫޢުގައި ހިއްކަމުންދާ މިންވަރަށްވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރަށްވުރެ އިތުރަށް 50 ހެކްޓަރު ބިންހިއްކައި އެތަންތަން ބުރިޖުން ގުޅުވާލައި، “ރަސްމާލެ” މަޝްރޫޢާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްޤީ ކުރާއިރު މިއީ ޒަމާނުއްސުރެ މާލެ ސަރަޙައްދުގައި ޙައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ލިބޭނެކަމެެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޕްލޭންކޮށްފައި ވަނީ މާލެ ސަރަޙައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެފުރުޞަތު ލިބޭނެގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެއާ މާލެއާ ދެމެދު ޤާއިމުކުރާނެ ފެރީގެ ނިޒާމަކީވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އުނދަގޫ ނުވާނެގޮތަށް ފުށިދިއްގަރާ އެންމެކައިރީ އޮތް ފަޅުގައި އެއަރ ސްޓްރިޕެއް ޤާއިމުކޮށް އެތަން ރަސްމާލެއާ ގުޅުވާލާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއާއިއެކު ރަސްމާލެ ވެގެންދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުޞަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަހުގެ