ސޯލިހުގެ ސަރުކާރުން ބޮޑެތި ބަދަލުތައް ދޭން ނިންމި މީހުންގެ ލިސްޓު ލީކުކޮށްލައިފި

Img Md 202301280723191674915799.0465
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު:

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީން ބޮޑެތި އަދަދުތަކުން ބަދަލުދޭން ނިންމި 10 ފަރާތުގެ މަޢުލޫމާތު މިއަދު ލީކުކޮށްލައިފިއެވެ. މި ފަރާތްތަކަށް ދޭން ކަނޑައަޅާފައިވަނީ ނަގުދު ފައިސާގެ ގޮތުގައި 225.35 މިލިއަން ރުފިޔާގެ އިތުރުން، އަގު ކުރެވޭ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ބިންތަކާއި ފަޅުތަކެވެ.

މި މަޢުލޫމާތު ހާމަކުރީ ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތައް ބަންޑާރަ ނައިބު އޮފީހުގެ ލަފާ ހޯދުމަކާ ނުލައި ކުރިއަށްގެންދާން ނިންމާފައިވާކަން އެނގުމާއެކު އެ ކޮމިޓީ ވެސް މި ސަރުކާރުން ވަނީ އުވާލާފައެވެ. .

ނަގުދު ފައިސާ ދިނުމަށް ނިންމާފައިވާ 4 ފަރާތުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހަމަޖައްސާފައިވަނީ ދީބާޖާ އިންވެސްޓްމަންޓަށް ކަމަށްވާއިރު، އެ ކުންފުންޏަށް ދޭން ނިންމާފައިވަނީ 64 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން 3 ނުވަތަ 4 ފަޅާއި ރަށާއި ބިން ވެސް ފަރާތްތަކަށް ދިނުމަށް ހަމަޖައްސާފައި ވެއެވެ. އަދި ބައެއް ފަރާތްތަކުން ދައްކަންޖެހޭ ކުލިތަކާއި ޖޫރިމަނާތައް މާފުކުރުމަށް ވެސް ނިންމާފައި ވެއެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ހަމަޖައްސާފައިވާ ބިންތަކާއި ފަޅުތަކުގެ ސީދާ އަގެއް ކަނޑައަޅާފައި ނުވިނަމަވެސް، ދޭން ނިންމާފައިވާ މުޅި ޖުމުލަ އަގު ބިލިއަނަކަށް ވުރެ ގިނަވާނެ ކަމަށް މިހާރުގެ ސަރުކާރުން އަންދާޒާކުރެ އެވެ.

ކޮމިޓީން ބަދަލު ދިނުމަށް ނިންމި ފަރާތްތަކުގެ ތެރޭގައި ލެޝާ ބީޗް ޕްރައިވެޓް ލިމިޓެޑް، ސްލިއާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑް، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ބްލޫ ލެގޫން އިންވެސްޓްމަންޓް، އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް، ދީބާޖާ އިންވެސްޓްމަންޓް، ކޮރަލިއަން ޕްރައިވެޓް ލިމިޓެޑް، އަމްސަން އެންޑް ފުޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑް، އަބްދުﷲ އަލީ (ހ. ގިރިތެރެގެ) އަދި ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.

އެ ކޮމިޓީން ނިންމި ނިންމުންތަކުގައި ދައުލަތާ ދެކޮޅަށް އިތުރު ދަޢުވާ ނުކުރުމަށް ޝަރުތުކޮށްފައިވާ ކަމަށާއި، އެއްބަސްވުންތަކުގައިވާ ކަންކަން ސިއްރުން ބެހެއްޓުމަށް އެއްބަސްވެފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ. މި މައްސަލައިގައި ސަރުކާރުން އިތުރު ތަޙުޤީޤުތައް ހިންގާނެކަމަށް ބެލެވެ އެވެ

ފަހުގެ