ރޭޕުގެ ތުހުމަތު ކުރެވޭ އަލީ ވަހީދު: އެމްޑީޕީގެ ގޮތްޕެއްގެ ރައީސްކަމަށް

Minister 672x428

އެމްޑީޕީގެ ފަރާތުން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޓިކެޓް ދިނުމުން ފާޑުކިޔުންތަކަކަށް ބަނޑުންވި އަލީ ވަހީދު، މިހާރު ކުޅުދުއްފުށީ ގޮފީގެ ރައީސްކަމަށް އައްޔަނުކޮށްފިކަމަށް ހަބަރުތައް ފެތުރިއްޖެއެވެ.

 އަލީ ވަހީދަކީ ކުރިން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ.  ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ފެންމަތިވުމުން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލެވިއެވެ.  ނަމަވެސް ނިމިދިޔަ ސަރުކާރުގައި ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މައްސަލަތައް އަނބުރާ ގެންދެވުމުން އަލީ ވަހީދު ރާއްޖެ ވަޑައިގަތެވެ.

އަލީ ވަހީދުގެ މައްޗަށް 2020 ވަނަ އަހަރު ޖިންސީ ގޯނާގެ މައްސަލައެއްގައި ދައުވާ ވެސް ކުރެވުނެވެ. ނަމަވެސް ހެކި އަނބުރާ ގެންދިޔުމުން ކަމަށް ބުނެ އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އަނބުރާ ގެންދެވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ބަޔާންތައް ވަނީ ލީކުކޮށްލައިފައެވެ. އެހެންކަމުން އެމްޑީޕީން އޭނާއަށް ޓިކެޓް ދިނުމުން ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވަނީ އިތުރު ހެކި ލިބި ދައުވާ ކުރެވޭ ހިސާބަށް ގޮސްފިނަމަ އަލީ ވަހީދާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މިގޮތުން އެމްޑީޕީން އަލީ ވަހީދު ކުޅުދުއްފުށީ ގޮފީގެ ރައީސްކަމަށް އައްޔަނު ކުރުމުން އެކަމާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

ފަހުގެ