އަޒުލުކުރުމުން ސަލާމަތްވާން ރައީސް މުއިއްޒުގެ ހާއްސަ ބައްދަލުވުންތަކެއް

380487 3 0ca83809bf2decbd3fcd3fe03978db0649994a59 Medium
ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ސަޕޯޓުހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުވުންތަކެއް ބާއްވަވައިފިއެވެ.

މިގޮތުން މިއަދު ރައީސް ވަނީ ރައީސް އޮފީހުގައި ހަތަރު ބައްދުލުވުމެއް ބާއްވަވާފައެވެ.

ބައްދަލުކުރައްވާފައިވަނީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެވެ.

ރައީސް މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާވެސް ޑރ. މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކަކީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގައި އެމަނިކުފާނު އަޒުލްކުރުމަށް އެމްޑީޕީން ކުރާ މަސައްކަތް ނާކާމިޔާބުކުރުމަށް މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުންތަކެއްކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެމްޑީޕީ މެންބަރުން އެކަނި ވޯޓު ދީގެންވެސް ރައީސް އަޒުލުކުރެވޭ ގޮތަށް ވަނީ ނިންމާފަ

އެމްޑީޕީގެ މެންބަރުން އެކަނި ވޯޓު ދީގެންވެސް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިްޔާގެ ނާއިބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވެރިކަމުން އަޒުލު ކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހު ފާސްކޮށްފައެވެ.

މަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގައިވާގޮތުން މަޖިލީހުގެ މެންބަރުން ގުނަން ޖެހޭނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެއެވެ.

ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.

ފަހުގެ