ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އަދި ޑިމޮކްރެޓުން ވެސް ވޯޓު ދިން

377435 3 8ec5f27bccca385e43244a43d46310d41f61e457 Medium

ސިޔާސީ މީހުންނާއި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމެޓީގައި ނެގި ވޯޓުގައި ވެރިކަންކުރާ ޕީއެންސީ އަދި މަޖިލީހުގެ މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުން ވޯޓުދިންކަން ހާމަވެއްޖެއެވެ.

މިގޮތުން މަޖިލީހުގެ ކޮމެޓީ ރިޕޯޓުން ހާމަވާގޮތުން, މުސާރަ ބޮޑުކުރަން ނިންމި ނިންމުމަށް ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ވެސް ވަނީ މި އިސްލާހަށް ވޯޓުދެއްވައިފައެވެ. އަދި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެ ވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވެސް ވަނީ ވޯޓު ދެއްވައިފައެވެ.

Big Cj8mco3pzimc88od9qn7edywk
މޫސާ ސިރާޖު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މުސާރަބޮޑުކުރަން ސަރުކާރުން އެދިފައި ނުވާނެކަމަށާ އަދި އެކަން އެގޮތަށްކުރަން ބޭނުންފުޅު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ މުސާރަ ބޮޑުކޮށްފައި ވަނީ ސަރުކާރާ އެއްވެސް މަޝްވަރާކުރުމެއް ނެތިކަމަށެވެ. އެ ގެންނެވި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖުތިމާޢީ ފަންޑަކަށް ހަދިޔާކުރުމަށް ނިންމަވާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅުގައި މިފަދަ ނިންމެވުމެއް ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ކޮމެޓީން އިއްޔެ ވަނީ ރައީސްގެ މުސާރަ މަހަކު 120،000ރ. އަށް، ނައިބު ރައީސްގެ މުސާރަ 93،000ރ. އަށް ބޮޑު ކުރަން ފާސްކޮށްފައެވެ. އަދި  ވަޒީރެއްގެ މުސާރަ މަހަކު 74،000ރ. އަށް ބޮޑުކުރަން ވެސް ފާސްކޮށްފައެވެ.

ރައީސަކަށް މިހާރު ކަނޑައަޅާފައިވާ މުސާރަ އަކީ 100،000 ރުފިޔާއެވެ. ނައިބު ރައީސަކަށް މިހާރު ދެމުން އަންނަނީ މަހަކު 75،000ރ. އެވެ. އަދި ވަޒީރެއްގެ މިހާރުގެ މުސާރައަކީ މަހަކު 66،000ރ. އެވެ.

ފަހުގެ