ގެއްލުނު މަސްދޯނި ފެނިއްޖެ

A Fishing Boat Lost In The Sea With Fisherman Artistic 4808e6a8 Ec4f 444e 9020 Ef73d411c16e

ކާށިދޫއިން މަސްވެރިކަން ކުރަން ނުކުމެގެން އުޅެނިކޮށް ގެއްލުނު މަސްދޯނި ފެނިއްޖެ ކަމަށް މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

މަސްވެރިކަމަށް ނުކުމެ އުޅުނިކޮށް ޚަބަރެއް ނުވެގެން ހޯދަމުންދިޔަ “އާމިރާލް” ނަމަކަށް ކިޔާ ދޯންޏަށް ކޯސްޓްގާޑަށް މިހާރު ގުޅިފައިވާ ކަމަށާއި އެދޯނި މިހާރު މާލެ އައުމަށް ދަތުރުކުރަމުން ދާކަމަށް އެމް.އެން.ޑީ.އެފުން ބުނެ އެވެ. އާމިރަލް ނަމަކަށް ކިޔާ މިދޯންޏާއި ނުގުޅި ދުވަސްތަކެއް ވެގެންދިޔައީ މަސްވެރިކަން ކުރުމަށް ސެޓްލައިޓް ފޯނާއި ނުގުޅޭހިސާބަށް މާލެ އަތޮޅުން ބޭރަށް ދިއުމުން ކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމް.އެން.ޑީ.އެފުން ބުނެ އެވެ. މިދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް  ރަނގަޅެވެ.

ފަހުގެ