ކާށިދޫ އިން މަސްވެރިކަން ކުރަން ނިކުތް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ކ.ކާށިދޫ އިން މަސްވެރިކަން ކުރަން ނިކުތް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ކ.ކާށިދޫ "އާމިރާލް" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއްނުވުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި މި ދޯނި ގެއްލިގެން އުޅޭ ހަބަރު ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިރޭ ގާތްގަނޑަކަށް 20:30 އެހާއިރު ކަމަށް ކޯސްޓު ގާޑުން މައުލޫމާތު ދެއެވެ.

މިދޯނީގެ ޚަބަރެއް ނުވެގެން ހޯދަމުންދާއިރު، 12 މީހުންނާއެކު މަހަށް ނިކުމެ އުޅުނު މިދޯންޏަކީ 68 ފޫޓްގެ މަސް ދޯންޏެއް ކަމަށާއި މިދޯންނާ އެންމެފަހުން ގުޅިފައިވަނީ މިދިޔަ ހޯމަދުވަހު ވ.އަތޮޅުގެ ތެރެއިން ދޯނި ދަތުރުކުރަމުން ދަނިކޮށް ކަމަށް ކޯސްޓު ގާޑުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު