އަފްރާޝީމް އަވަހާރި ކޮށްލި ކަމުގެ ތުހުމަތުގައި ހުމާމުގެ މައްސަލަ ކޯޓަށް ފޮނުވައިފި

 އުންގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާ ޝީމް އަލީގެ މަރުގެ ތުހުމަތުގައި  ގަސްދުގައި މީހަކު މެރުމުގެ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުސެން ހުމާމުގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުމާމްގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅެވެ. މި މައްސަލައިގައި ފުލުހުން ވަނީ އިތުރު މީހެއްގެ މައްސަލަވެސް ޕީޖީއަށް ފޮނުވާފަ އެވެ. އެއީ  ހ. ހިކޯސްޓް އަލީ ޝާންއެވެ. އޭނާގެ މައްސަލަ އަދި ކްރިމިނަލް ކޯޓަށް ފޮނުވާފައެއް ނުވެ އެވެ.

ފުލުހުން އާންމުކުރިމައުލޫމާތުގައި ބުނެފައިވަނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު  އަފްރާޝީމް ޓީވީއެމް އިން ނުކުމެވަޑައިގަތީ އެ ރޭ 11:04 ގައި ކަމަށެވެ  އަފްރާޝީމް ގެއަށް ވަދެވަޑައިގަތީ 12:04 އާއި 12:05 އާދެމެދުކަމަށާއި، ފުލުހުން ސީން އަށް ދިޔައީ 1:34 ގައެވެ، ޕޮލިސް ޖިޕެއް އެންމެ މިނިޓެއްގެ ތެރޭގައި އެ ސީން އަށް ގޮސް ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ 1:38 ގައި ގެންދިޔަކަމަށް ފުލުހުން ބުނެ އެވެ.  ކޮމިޝަނަރ އޮފް ފޮލިސް އަބްދުﷲ ރިއާޒް ވިދާޅުވެފައިވަނީ އަފްރާޝީމް ގެ މަރާލާފައިވަނީ ސިއާސީ މަގުސަދެއްގައި ކަމަށެވެ.

އަނިޔާވެރިގޮތަކަށް އަފްރާޝީމް އަވަހާރަ ކޮށްލާފައި އޮއްވާ ފެނިފައިވަނީ އެނާ ދިރިއުޅުއްވާ ގޭގެ ސިޑި މަތިންނެވެ.

ފަހުގެ