އަފްރާޝީމްގެ މަރަކީ ސިއާސީ މަރެއް: ރިއާޒު

މިއަދު ހަވީރު ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގަައި ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިއާޒު ވިދާޅުވެފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް  އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތުކުރެވޭ ހ. ލޮބީ ހުސެން ހުމާމް އަހުމަދު އަދި ހ. ހިކޯސްޓް އަލީ ޝާން އަކީ ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ބައެއްކަމަށާއި، ކުޑަހެންވޭރަކީ  ބޮޑެތި ކުށްތައް ކުރާ ގޭންގެއް ކަމަށެވެ. ސިޔާސީ ބަޔަކު ޚަރަދުކޮށްގެން އެ ގްރޫޕުން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށްވެސް ރިއާޒު ވިދާޅުވި އެވެ.

“މިއީ ދީނީ ގޮތުން އަފްރާޝީމްއާ ޚިޔާލުތަފާތުވާ ބަޔަކު ކުރި ކަމެއް ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނެތް. މިއީ ސިޔާސީ ވިސްނުމެއްގައި ހިންގާފައިވާ ޖަރީމާއެއް.”

މިކަންކުރި މީހުނަށް ހަތަރުމިލިއަންރުފިއާ ދޭން ހުށަހަޅާފައިވާކަމަށްވެސް ރިއާޒު ވިދާޅުވި އެވެ. އެފައިސާ ދީފައިވާ ފައިސާއެއްތޯ ބެލުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ . މިގޮތުން ފައިސާ ދޭން ބުނިކަމަށް ތުހުމަތުކުރެވޭ ދެމީހަކު އިއްޔެ ހައްޔަރުކޮށްފައިވާކަމަށްވެސް ރިއާޒު ވިދާޅުވި އެވެ.

“މިކަން ކުރި މީހުންނަށް ހަތަރު މިލިއަން ރުފިޔާ ދޭނެ ކަމަށް ބުނެފައިވޭ. މާލީ ގޮތުން ހޭދަކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު އިއްޔެ ވަނީ ހައްޔަރުކޮށްފައި. އެ މީހުންގެ މައުލޫމާތު މި ވަގުތު ހާމަކުރާކަށް ނެތިން.”

ފުލުހުން މިއަދު އާންމުކުރިމައުލޫމާތުގައި ބުނެފައިވަނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު  އަފްރާޝީމް ޓީވީއެމް އިން ނުކުމެވަޑައިގަތީ އެ ރޭ 11:04 ގައި ކަމަށެވެ  އަފްރާޝީމް ގެއަށް ވަދެވަޑައިގަތީ 12:04 އާއި 12:05 އާ ދެމެދުކަމަށާއި، ފުލުހުން ސީން އަށް ދިޔައީ 1:34 ގައެވެ، ޕޮލިސް ޖިޕެއް އެންމެ މިނިޓެއްގެ ތެރޭގައި އެ ސީން އަށް ގޮސް ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ 1:38 ގައި ގެންދިޔަކަމަށް ފުލުހުން ބުނެ އެވެ.

ތަހުގީގު ފެށީ އެފްބީއައިގެ ދެ ކޮންސަލްޓެންޓުންގެ އެހީގައި 80 ފުލުހުން ބައިވެރިވެގެން ކަމަށް ފުލުހުން ބުނެ އެވެ. މިއީ މިހާތަނަށް އެއް ކަމަކަށް އެންމެ ގިނަ އަދަދެއްގެ ރިސޯސް ބޭނުންކުރި މައްސަލަ ކަމަށާއި މިހާތަނަށް 11 މީހަކު ހައްޔަރުކޮށް މި ވަގުތު ބަންދުގައި ހަ މީހަކު އެބަތިބި ކަމަށް ފުލުހުން ބުނެ އެވެ. މިހާތަނަށް 200 އައިޓަމް އެވިޑެންސްގެ ގޮތުގައި ނެގިފައިވާކަމަށްވެސް ފުލުހުން މިއަދު ބުނެފައިވެ އެވެ.

މިކަން ކުރި މީހުންނަށް ހަތަރު މިލިއަން ރުފިޔާ ދޭނެ ކަމަށް ބުނެފައިވޭ. މާލީ ގޮތުން ހޭދަކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު އިއްޔެ ވަނީ ހައްޔަރުކޮށްފައި. އެ މީހުންގެ މައުލޫމާތު މި ވަގުތު ހާމަކުރާކަށް ނެތިން.

ފަހުގެ