ޕެރަޑައިސް އައިލެންޑް ރިސޯޓުން ޑައިވިނަށް ދިއަ ފަތުރުވެރިއަކު މަރުވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓުން ޑައިވިނަށް ގޮސް އުޅުނު ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ ރަޝިއާގެ އުމުރުން 52 އަހަރުގެ މީހެކެވެ.

މިދިއަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޑައިވިނަށް ދިއަ ތިން މީހަކު އޮޔާ ގޮސްފައި ވާއިރު، ފަހަކަށް އައިސް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިކަމާއި ޓޫރިޒަމް މިނިސްޓްރީންވެސް ވަނީ ކަނބޮޑުވުން ފާޅުކޮށްފަ އެވެ.

ފަހަކަށް އައިސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއިން މަރުވެފައިވާއިރު، އަވަށްޓެރި ސިރީލަންކާގައިގެ ފަތުރުވެރިކަން ރާއްޖެއަށްވުރެ ރަނގަޅުކަމަށް 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތަފާސް ހިސާބު ތަކުން ދައްކަ އެވެ.

ފަހުގެ