ޑައިވްކުރަން ދިއަ ތިން މީހަކު އޮޔާ ގޮސްފި

ޑައިވްކުރި ތިން މީހަކު އޮޔާދަނިކޮށް ހޯދާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ ހއ. ބާރަށް ކައިރިން ދެ ދިވެހިންނާއި ޕޮލެންޑުގެ ފަތުރުވެރިއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެތަނުން ދެމީހަކު ފެނިފައިވަނީ އޮޔާދަނިކޮށް ކަމަށެވެ. އަދި ތިވަނަ މީހާ ފެނިފައިވަނީ ފަތާފައިގޮސް ހދ. ހަނިމާދޫ ފަރަށް އަރައި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.

މިއަދު ހެނދުނު 9:15 ހާއިރު 31  މިނުޓުގެ ޑައިވިންގއަކަށް ދިޔަ މި ތިން މީހުން ވަގުތު ހަމަވުމާއެކު މައްޗަށް އެރިކަމަށާއި ނަމަވެސް އެވަގުތު އެސަރަހައްދުގައި ވަރަށް ގަދައަށް އޮއި ހުރުމާއެކު އެ ތިން މީހުން އޮޔާ ދިޔައީ ކަމަށާއި  އޭރު އެމީހުން އެސަރަހައްދަށް ދިޔަ ދޯނި ތިލަމަތީގައި އޮތް ނަމަވެސް އެތިން މީހުންނަށް މައްޗަށް އެރިފައިވަނީ ދޯންޏަށް ވުރެ ދުރުން ކަމަށް ވުމާއެކު ދޯނީގައި ތިބި މީހުންނަށް އެމީހުން ނުފެނި އޮޔާ ދިޔައީކަމަށް ފުލުހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ELCITRA BMUD

    އެމީހުންގެ ހާލު ކިހިނެޔް މިހާރު؟