އިންޑިއާ ރޭޕް ކޭސްގެ ދެވަނަ އަޑުއެހުން މާދަމާ އޮންނާނެ

މިދިޔަ އަހަރުގެ ޑިސެންބަރު 16 ވަނަ ދުވަހު އިންޑިޔާގެ ނިއުދިއްލީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރެއިން 23 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލި ހާދިސާގައި ކުށްވެރިވާ ހަ މީހުންގެ ތެރެރިން ފަސް މީހުންގެ މައްޗަށްކުރާ ދައުވާގެ ދެވަނަ އަޑުއެހުން މާދަމާ އޮންނާނެ އެވެ.

މާދަމާއަށް އަޑުއެހުން ތާވަލު ކޮށްފައިވާއިރު ހަ މީހުންގެ ތެރެއިން އެކަކަކީ އުމުރުން 17 އަހަރުގެ ކުޑަކުއްޖެ ކެވެ. އޭނާގެ އަޑުއެހުން ބޭއްވުމަށް ހަމަޖައްސާފައިވަނީ ކުޑަކުދިންގެ ކޯޓެއްގަ އެވެ.

މާދަމާގެ އަޑު އެހުމުގައި އެ މައްސަލަ “ފާސްޓް-ޓްރެކް” ކޯޓަކަށް ބަދަލުކުރާނެކަމަށް ބެލެވެ އެވެ. “ފާސްޓް-ޓްރެކް” ކޯޓުތަކަކީ އަވަށް ބަލައި ނިންމަން ބޭނުންވާ މައްސަލަތައް ހުށަހަޅަ ކޯޓެކެވެ.

އަންހެން ކުއްޖާ ރޭޕް ކުރިކަން ސާބިތުވެއްޖެ ނަމަ ހަ މީހުންގެ މައްޗަށްވެސް އަންނާނީ މަރުގެ ހުކުމެކެވެ. ރޭޕް ކޭހުގެ މައްސަލައަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ތިން މީހުންގެ މައްޗަށް އެކަން ސާބިތު ނުވާނެކަމަށް އެ މައްސަލައިގައި މަސައްކަތްކުރާ ދިފާއީ ވަކީލު ވަނީ ބުނެފަ އެވެ.

ފަހުގެ