ބޯޑާ ކޮންޓްރޯލް މަޝްރޫއު އުވާލާ ނެކްސްބިޒާއި އެކު ވެވުނު އެއްބަސްވުން އުވާލަން މަޖިލީހުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އެފެއާޒްގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ކުރިޔަށް ގެންދާ މޯލްޑިވްސް އިމިގްރޭޝަން ބޯޑާރ ކޮންޓްރޯލްގެ މަޝްރޫއުގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ހަވާލުކުރުމަށް ދިވެހި ސަރުކާރާއި ނެކްސްބިޒާއި ދެމެދު 2010 ވަނަ އަހަރުގެ އޮކްޓޫބަރު 17 ވަނަ ދުވަހު ވެވުނު އެއްބަސްވުން އުވާލާ ބޯޑާރ ކޮންޓްރޯލް މަޝްރޫޢު ހުއްޓާލުމަށް ނިންމާފައިވަނީ މަޖިލީހަށް ހާޒިރުވި 74 މެމްބަރުގެ އިއްތިފާޤުންނެވެ.
500 މިލިޔަން ޑޮލަރުގެ މަޝްރޫޢު ހުއްޓާލުމަށް ނިންމާފައިވާއިރު މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުނެފައިވަނީ ނެކްސްބިޒް ލިމިޓެޑާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޭރުގެ ބަންޑާރަ ނައިބުގެ ލަފާ ނެތި ކަމަށެވެ. ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ އިމިގްރޭޝަން ޑިޕާޓްމަންޓާއި ނެކްސްބިޒާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ކޮޕީއެއްހާ ހިސާބުވެސް ފިނޭންސް މިނިސްޓްރީގައި ނެތްކަމަށެވެ.
މާލިއްޔަތު ކޮމެޓީން ބެލިބެލުމުން އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި 166 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ނެކްސްބިޒް އަށް ދައްކަން ޖެހޭ ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ދަށުން ސަރުކާރަށް ލިބެނީ އެންމެ އަށް މިލިއަން ޑޮލަރު ކަމަށް ކޮމެޓީގެ ރިޕޯޓްގައިވެ އެވެ.
ތިރީގައި މިވަނީ އިމިގްރޭޝަނުން ނެރުނު ބޯޑަރ ކޮންޓްރޯލް މަޝްރޫޢުގެ ރިޕޯޓު