މެންބަރުން, މިނިސްޓަރުން އަދި ވެރިން ދެން އުޅެންޖެހޭނީ 24 ގަޑިއިރު ހޭލާ: ރައީސް

Muizz
ރައީސް މުއިއްޒު

ޕީއެންސީގެ މަޖިލިސް މެންބަރުންނާއި, ކެބިނެޓު މިނިސްޓަރުން އަދި ސަރުކާރު ކުންފުނިތަކުގެ ވެރިން ދެން އުޅެންޖެހޭނީ 24 ގަޑިއރު ހޭލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. .

ރައީސް މުއިއްޒު މިހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ކެނޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްވަމުންނެވެ.

“އިރާދަ ކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމުގެ ތަރައްގީގެ މަސައްކަތް. އަޅުގަނޑު ކެބިނެޓުގެ މެންބަރުންނާއި. ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ދަންނަވާލަން އޮތީ ވޭތުވެދިޔަ ފަސް މަސް ދުވަސް އެއީ އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަންޖެހޭނީ ސައްވީސް ގަޑީރު ހޭލައޭ,” – ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފާއިތުވީ ފަސް މަސް ދުވަހު މަސައްކަތް ކުރެއްވީ ވަރަށް ދަތިހާލުގައި ކަމަށާއި, ނަމަވެސް އެ މަސައްކަތުން ނަތީޖާ ނެރެވުނުކަމަށެވެ.

މަޖިލީހުން ޕީއެންސީއަށް ލިބުނު ސުޕަ މެޖޯރިޓީއާއެކު, އެތައް ގުނައަކުން ސްޕީޑު އަވަސްކޮށް މަސައްކަތް ފަށާނެކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ބޭއްވި އާންމު އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ކުރިން ސުޕަ މެޖޯރިޓީގައި އޮތް އެމްޑީޕީއަށް ވަނީ މެޖޯރިޓީ ގެއްލި މައިނޯރިޓީ ޕާޓީއަށް ވެފައެވެ. އަދި ސަރުކާރުގެ މައި ޕާޓީ ޕީއެންސީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ނަގައިފައެވެ. 

އިތުރު ޕާޓީއަކަށް އެކަށީގެންވާ މިންވަރަކަށް މަޖިލިސް ގޮނޑިއެއް ނުލިބެއެވެ. ނަމަވެސް އަމިއްލަ ގޮތުންވާދަކުރި 11 މެންބަރަކު ވަނީ ކާމިޔާބު ވެފައެވެ. އެމްޑީއޭ އިން 2 ގޮނޑި ކާމިޔާބު ކުރި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ އިން ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. 

ފަހުގެ