ރަންދެލި ރިސޯޓުގެ މާލެ އޮފީސް ފަޅާލައި 100،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ތިން މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެ އޮފީހުން 80،000ރ. އާއި 3،000 ޑޮލަރު (ގާތްގަނޑަކަށް 46،260ރ) ވަގަށް ނަގާފައިވާ ކަމަށެވެ. އެ ވައްކަންކޮށްފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަމަށް ވެސް ފުލުހުން ބުންޏެވެ
އެ މައްސަލައާ އެކު ފުލުހުން ވަނީ އެ އޮފީސްތެރޭގައި ވަގުން ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ހަ މިނެޓްގެ ސީސީޓީވީ ފްޓޭޖްވެސް އާންމުކޮށްފަ އެވެ
ތިން މީހުންނާ ބެހޭ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ 3322111 ނުވަތަ 9911099 ނަމްބަރާ ގުޅައި ފުލުހުންނާ ހިއްސާކޮށްދިނުމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ