ދައުލަތުން ސްޓެލްކޯ އަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 15 މިލިއަން ރުފިޔާއަށް!!

ދައުލަތުގެ މުއައްސަސާތަކުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 15 މިލިއަން ރުފިޔާ (10 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯގެ ޗީޕް ޓެކްނިކަން އޮފިސަރ ޑރ. ޒައިދު މުހައްމަދު މިނިވަން ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކަރަންޓު ބިލު ނުދައްކާ ހުރި މުއައްސަސާތަކަށް ކަރަނޓުބިލު ދެއްކުމަށް މަޖުބޫރު ކުރުވަން ޖެހިފައިވަނީ، ތެލުގެ އަގުތައް ބޮޑުވުމާގުޅިގެން ސްޓެލްކޯއިން ހިއްސާކުރަން ޖެހިފައިވާ މާލީ ދަތި ކަމުގެ ސަބަބުންކަމަށެވެ.

“މިމައްސަލަ ދިމާވާތާ އަހަރުތަކެއްވެއްޖެ އެހެނަސް މި ފަހަކަށް އައިސް ބިލުތަކަށް ދައްކަންޖެހޭ އަދަދު މާމަތިވާން ފެށީ.” މިނިވަން ނޫހަށް ދެއްވި އިންޓަވިއުގައި ޒައިދު ވިދާޅުވި އެވެ.

ޒައިދު ވިދާޅުވީ ކަރަނޓުބިލު ނުދައްކާތަންތަނުން ކަރަނޓު ކަނޑާލުމަށް ނިންމީ ތެލުގެ އަގުތައް ބޮޑުވާން ފެށުމާއެކު، ސްޓެލްކޯގެ ހަރަދުތައް ބޮޑުވެ، އެ ކުންފުނި ދެމި އޮންނާނެ ކަމާމެދުވެސް ޝައްކު އުފެދޭ ދަރަޖައަށް ކަންތައްތައް ދިއުމުން ކަމަށެވެ.

އަދި ޒައިދު ވިދާޅުވީ ސްޓެލްކޯއަށް ތެޔޮ ވިއްކާފަ ހުރި ފަރާތްތަކަށްވެސް ފައިސާ ނުދެކިފައި ހުރި ކަމަށެވެ.

ސްޓެލްކޯއިން ވަނީ އެމްބީސީ އަށާއި މާލޭ ސިޓީ ކައުންސިލުގެ ކަރަންޓު ކަނޑާލުމަށް އެ ކުންފުނީގެ މުވައްޒަފުން ފޮނުވާފަ އެވެ.

ފަހުގެ