ގާނޫނީ ގޮތުން މައްސަލައެއް ކުރިމަތިވާނެ ގޮތަކަށް އެމްބީސީން ހަރަދެއް ނުކުރަން: އުމަރު މަނިކު

ދުވަހުން ދުވަހަށް ކުރަންޖެހޭ ބައެއް ޚަރަދުތައް ކުންފުންޏަށް ލިބޭ އެއްޗަކުން ކުރަމުން ގެންދިޔުމަކީ ޤާނޫނީ ގޮތުން މައްސަލައެއް ކުރިމަތިވާނެ ކަމެއް ނޫން ކަމުގައި ދައުލަތުގެ މީޑިޔާ ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމްބީސީން ބުނެފިއެވެ.

އެމްބީސީއަށް އިސްތިހާރުގެ ގޮތުގައި ލިބޭ ފައިސާއިން ދުވަހުން ދުވަހަށް ކުރަންޖެހޭ ބައެއް ޚަރަދުތައް ކުރަމުން ގެންދާކަމަށް އެމްބީސީން ބުނާ މައްސަލައިގައި ދިޓީވީ ހަބަރަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ ޗެއަރމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވީ ކުންފުނިން ޚަރަދުތައް ކުރަމުން ގެންދަނީ ޤާނޫނާ އެއްގޮތަށް ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. މަނިކު ވިދާޅުވީ، އެ ކުންފުންޏަށް ދިމާވެފައިވާ މާލީ މައްސަލަތައް ޙައްލު ކުރުމަށް ކުންފުނިން ބޮޑެތި މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ބައެއް ޚަރަދުތައް ކުންފުންޏަށް ލިބޭ އެއްޗަކުން ކުރަމުން ގެންދިޔުމަކީ ޤާނޫނީ ގޮތުން މައްސަލައެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށެވެ.

އިބުރާހިމް ޢުމަރު ވިދާޅުވީ ކުންފުންޏަށް ވިޔަފާރި ކޮށްގެން އާމްދަނީ ހޯދުމަށް ހުއްދަ އޮންނަނީ ކުންފުނީގެ ޚަރަދުގެ ފަންސަވީސް އިންސައްތަ ކަމަށްވާއިރު ބާކީ ފައިސާ ހޯދަން ޖެހެނީ ދައުލަތުން ކަމަށާއި، އެ ފައިސާގެ ކަންކަން ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި ފިނޭންސް މިނިސްޓްރީއާއި މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

އެމްބީސީގެ ޗެއަރމަން ވިދާޅުވީ، ކޮންމެ ވަގުތަކުވެސް ކުންފުނީގެ ޚިދުމަތް ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފައި ވީނަމަވެސް އެކަން އެގޮތަށް ނުވާނެ ފަދަ ގޮތަކަށް މައްސަލަތައް ޙައްލު ކުރުމަށް ދިރާގާއި ސްޓެލްކޯގެ އިތުރުން ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

ފަހުގެ