ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ތިޖޫރީ ހަލާކުކޮށްލައިގެން ފަސް ހާހަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ތިޖޫރީ ހަލާކުކޮށްލައިގެން ފަސް ހާހަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ހެނދުނު 08:15 ހާއިރު ދިއްދޫ ޕޮލިސް ސްޓޭޝަނަށް މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެރަށަށް ގޮސް ބެލި ބެލުމުން ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުން ވައްކަން ކޮށްފައިވަނީ އެކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެތަނަށް ވަދެ ތިޖޫރީ ހަލާކު ކޮށްލައިގެން ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވި ނަމަވެސް މި މައްސަލަ ތަޙްޤީޤުކޮށް، ތުޙުމަތު ކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ހއ.ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ދަނީ ކުރަމުންނެވެ.

ފަހުގެ