ފެޑެލް ކާސްޓްރޯ ޢާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފި

ގިނަދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކިއުބާގެ އިންޤިލާބީ ލީޑަރ ފެޑެލް ކާސްޓްރޯ ޢާއްމުންގެތެރެއަށް ނުކުމެވަޑައިގެންފިއެވެ. ހަވާނާގެ ހޮޓަލެއްގައި ކާސްޓްރޯވަނީ ވެނެޒުއޭލާގެ ސިޔާސީ ބަޔަކާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މިއީ ބޮޑު އާލާސްކަންފުޅެއް ޖެހި ކާސްޓްރޯ ބަލިއެނދުގައި އޮށޯވެވަޑައިގެއްފަހުން މިފަދަގޮތަކަށް ޢާއްމުންގެތެރެއަށް ނުކުމެވަޑައިގަތް ފުރަތަމަ ފަހަރެވެ.

ފަސްދައުރުވަންދެން ކިއުބާގެ ކޮމިއުނިސްޓް ލީޑަރުކަމުގައި ހުންނެވި ކާސްޓްރޯއާ ބައްދަލުކުރެއްވުމަށްފަހު ވެނެޒުވޭލާގެ ކުރީގެ ނާއިބުރައީސް އެލިއަސް ޖައުއާ ވިދާޅުވީ އޭނާގެ ޙާލު ވަރަށް ރަނގަޅު ކަމަށެވެ.

ޢުމުރުފުޅުން 86 އަހަރުގެ ކާސްޓްރޯ ގެ ޙާލުކޮޅު “ވަރަށް ރަނގަޅު” ކަމަށް ވެނެޒުއޭލާގެ ވަފުދުން ބުނެފައިވާއިރު، ވެނެޒުއޭލާއަކީ ކާސްޓްރޯއަށް ވަރަށް ވަފާތެރި އޭނާއަށް ވަރަށްބޮޑަށް ތާޢީދުކުރާ ޤައުމެކެވެ. ތެލާއި ފައިސާގެ އެހީތައް ވެނެޒުއޭލާއިން އަންނަނީ ކިއުބާއަށް ފޯރުކޮށްދެމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެޑެލ ކާސްޓްރޯއަކީ ކިއުބާގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ.

ފަހުގެ