ކުރީގެ ރައީސްގެ ޝަރީޢަތް މެދުކަނޑާލުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް މެދުކަނޑާލުމުގެ އަމުރަކަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.

މިއަދު ނަޝީދުގެ ގާނޫނީ ޓީމުން ހައިކޯޓުގައި އެދިވަޑައިގަތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި މިހާރުކުރިއަށްދާ އެމަނިކުފާނުގެ މައްސަލާގެ ޝަރީއަތުގައި އެބޭފުޅުން ނެންގެވި އިޖުރާއީ ނުކުތާތަކާ މެދު އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަން ދެން ހުޅުމާލޭ ކޯޓުގައި ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށެވެ.

ހުޅުމާލޭ ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް ނަޝީދުގެ މައްސަލައަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ކްރިމިނަލްކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުޙަންމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައެވެ. މިމައްސަލާގައި ރައީސް ނަޝީދުގެ ފަރާތުން ހުޅުމާލޭކޯޓުގައި ނެންގެވި އިޖުރާއީ ނުކުތާތަށް އެ ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

ފަހުގެ