ރައީސް ނަޝީދަކީ ފިހާރައެއްގެ ސޭޓަކަށް ބައިންދަންވެސް ކަމުދާ މީހެއް ނޫން: ފުއާދު ގާސިމް

ރައީސް މުޙަންމަދު ނަޝީދަކީ ފިހާރައެއްގެ ސޭޓަކަށް ބައިންދަންވެސް ކަމުދާ މީހެއް ނޫންކަމަށް ޖުމުހޫރީ ޕާޓީގެ ކައުންސިލް މެންބަރު ފުއާދު ގާސިމް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ފުއާދު ގާސިމް ވިދާޅުވީ ރައީސް ނަޝީދުއަކީ ދިވެހިރާއްޖޭގެ ވެރިކަމަށް އަރުވަން އެއްގޮތަކަށްވެސް ހެޔޮވާވަރުގެ ބޭފުޅެއް ނޫންކަމަށާއި ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަކީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލްކުރަން ހެޔޮވާވަރުގެ ވާހަކަތަކެއްވެސް ނޫންކަމަށެވެ. އަދި ރައީސް ނަޝީދުގެ ވާހަކަތައް އެކިފަހަރު ހުންނަވާނީ އެކިގޮތަށް ކަމަށާއި އެބޭފުޅާގެ ބަހާ އަމަލަކީ ދުވަހަކުވެސް މިހާތަނަށް ދިމާވެފައިވާ އެއްޗެއް ނޫންކަމަށްވެސް ފުއާދު ގާސިމް ވިދާޅުވިއެވެ.

އެމްޑީޕީން އަދި ރައީސް ނަޝީދުވެސް އުޅުއްވަނީ ދިވެހިރައްޔިތުންގެ ލޮލުގައި އަދުންއަޅުއްވަންކަމަށާއި ރައީސް ނަޝީދު ބޭނުންފުޅުވާ އެއްވެސް ކަމެއްކާމިޔާބް ނުވާނެކަން އެމަނިކްފާނަށް އިނގިލައްވާއިރުވެސް މަސަތްކަތް ކުރަށްވަނީ ރައްޔިތުންނަށް އޮޅުވާލައްވަންކަމަށް ވިދާޅުވަމުން، ފުއާދު ގާސިމް ވިދާޅުވީ، ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބްވެސް އެމްޑީޕީއަށް ކަމިޔާބް ނުކުރެވެނޭކަން ރައީސް ނަޝީދުއަށާއި އެމްޑީޕީއަށް މިހާރުވެސް ކަށަވަރުވެފައިވާނެކަމަށެވެ.

އަދި ހަމަ ރައީސް ޑރ.ވަހީދުއާއި ހޯމް މިނިސްޓަރ ޖަމީލްގެ މައްޗަށް އިތުބާރު ނެއްކަމަށް ނަގަން އުޅޭ ވޮޓަކީވެސް ރައްޔިތުންނަށް އެމްޑީޕީން ދައްކާ ދަޅައެއްކަމަށްވެސް ފުއާދް ވިދާޅުވެފައިވެއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ފުއާދު ގާސިމް ވިދާޅުވީ، އެމްޑީޕީއަށް ދެހާސް ތޭރައިގެ އިންތިހާބް ކާމިޔާބްވިޔަ ނުދިނުމަށް މިސަރުކާރުގެ ކޯލިޝަންގައި ހިމެހޭ ހުރިހާ ސިޔާސީ ޕާޓީތަކުން އަނެއްކާވެސް ރައީސް ނަޝީދުއާއި ދެކޮޅަށް އަތާއި އަތް ގުޅާލާނެކަމަށް އެމްޑީޕީންވެސް އަދި ރައީސް ނަޝީދުވެސް ގަބޫލްކުރަށްވަން ޖެހޭނެކަމަށެވެ.

ޖީއެމްއާރާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފުއާދު ގާސިމް ވިދާޅުވީ، ޖީއެމްއާރުން މަސަތްކަތް ކުރަމުން ގެންދަނީ ދިވެހި ރައްޔިތުން އަޅުވެތި ކުރަންކަމަށާއި ޖީއެމްއާރުން ބޭނުންވާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރަށް ގެނައުމަށް މަސަތްކަތް ކުރަމުން ދާކަމަށް ޝައްކު ކުރެވޭކަމަށެވެ. އަދި ޖީއެމްއާރު މިގައުމުން ބޭރު ކުރެވޭނެކަމާއި މެދު ޝައްކެއްވެސް ނެތްކަމަށް ވިދާޅުވަމުން ފުއާދު ގާސިމް ވިދާޅުވީ ޖީއެމްއާރު މިގައުމުން ބޭރުކޮށްފައި ނޫނީ ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ކުރަމުން މިދާ މަސަތްކަތް ހުއްޓާ ނުލާނެކަމަށެވެ.

ފަހުގެ