ޕީ.ޕީ.އެމް އަކީ އެއްވެސް އެހެން ޕާޓީއަކާއި ޒާތީ ހަސަދައެއް ލައިގެން، ރުޅިވެރިކަމެއް ބާއްވާނެ ޕާޓީއެއް ނޫން: މައުމޫނު

ޕީ.ޕީ.އެމް އަކީ އެއްވެސް އެހެން ޕާޓީއަކާއި ޒާތީ ހަސަދައެއް ލައިގެން، ރުޅިވެރިކަމެއް ބާއްވާނެ ޕާޓީއެއް ނޫން ކަމާއި، ޕީ.ޕީ.އެމްއިން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމުގެ މަސްލަހަތު އިސްކޮށް، ޙިޔާލު ތަފާތުވިޔަސް ރައްޔިތުންނަށް ފައިދާހުރި ކަން ކަން ކޮށްދީ އެކަންކަމަށް މަގު ފަހިކޮށްދިނުމަށް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ވެބްސައިޓުގައިވާގޮތުން ޅ.ނައިފަރުގައި ބޭއްވި ޕީ.ޕީ.އެމްގެ ޚާއްސަ ޖަލްސާގައި ޕާޓީގެ އިންތިޤާލީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޅ.ނައިފަރަށް މި ކުރެއްވި ދަތުރުފުޅަކީ ނައިފަރު ގައި ޕީ.ޕީ.އެމްގެ ރޫޙު ދިރުވާ އާލާ ކުރުމަށާއި ޕީ.ޕީ.އެމްގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ފެށުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއްކަމުގައެވެ. އަދި ނައިފަރަށް ވަޑައިގަތުމުން މި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ރައީސް މައުމޫން އަށާއި ޕީ.ޕީ.އެމްގެ ޓީމަށް ކީ ފުރިހަމަ އަދި ހޫނު މަރުހަބާ ފާހަގަކުރައްވާ އެކަމަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިކަމަށެވެ.

ފަހުގެ