ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ދަށުން މިހާތަނަށް ކުރެވިފައިވަނީ އެންމެ ހަތަރު ދައުވާ: މުހައްމަދު ނަޝީދު

ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަށް ދެއަހަރުވީއިރު މިހާތަނަށް ކުރެވިފައިނީ އެންމެ ހަތަރު ދައުވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަޝީދުގެ ބުލޮގުގައި މިއަދު ވިދާޅުވެފައިވަނީ، ގޭންގުކުއްތައް މަނާކުރުމުގެ ގާނޫނަކީ އެތައްމާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ގާނޫނެއް ނަމަވެސް މިހާތަނަށް ދައުވާކޮށްފައިވަނީ އެ ގާނޫނުގެ 15 ވަނަ މާއްދާއަށް ރިއާޔަތް ކޮށް އެކަނި ކަމަށެވެ.

“އެ ޤާނޫނަށް މިވީ ދެއަހަރު ތެރޭގައި، މިހާތަނަށް އެ ޤާނޫނުގެ ދަށުން ކުރެވުނީ އެންމެ 4 ދަޢުވާއެއްވަރު ކަމަށްވެއެވެ. އެއީވެސް، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުންނެވެ. އެ ޤާނޫނުގެ އެހެން މާއްދާތަކުގެ މާބޮޑު ބޭނުމެއް ކުރެވުނު ތަނެއް ނުފެނުނެވެ. ޙަޤީޤަތަކީ، އެއްގޮތަކަށްވެސް، އެ ޤާނޫނުގެ އެހެން މާއްދާތައް ބޭނުން ނުކުރެވޭކަމެވެ.” މުހައްމަދު ނަޝީދުގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައިވެ އެވެ.

މިކަމުގެ ނަތީޖާ ވަރަށް ސާފުކަމަށާއި، އެ ގާނޫނުގެ ސަބަބުން ގޭންގު ކުށްތަކަށް ހުއްޓުމެއް އައިސްފައިނުވާކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެ ގާނޫގެ ދަށުން ގޭންގުތަކަކީ، ކޮބައިކަން ޢާންމުކޮށް އެނގުނުނަމަވެސް، އަދި، އެ ގޭންގުތަކުގައި އުޅޭމީހުން އާންމުކޮށް އެނގުނުނަމަވެސް، އެމީހުން ކުރާ ކުށްތައް އާންމުކޮށް އެނގުނުނަމަވެސް، އެ ގާނޫނުގެ ތެރެއަށް ގެނެސް، އެމީހުންނަކީ، ގޭންގަކަށް ނިސްބަތްވާ ޖަމާއަތެއްކަމާއި، އެ ޖަމާއަތުން ހިންގާ މައިގަނޑު ހަރަކާތަކީ، ޖިނާއީ ކުށްކުރުންކަން ސާބިތުކޮށްދިނުމަކީ، އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށް މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.

ފަހުގެ