ހަންގަނޑު ރީތިކޮށް ބެލެހެއްޓުމަށް ކުރެވިދާނެ 10 ކަމެއް!!

އާންމުގޮތެއްގައި ހަންގަނޑު ރޫޖެހި ހަޑިވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ކަންބޮޑުވުމާއި، ރޭވުމެއްނެތި ކައި ބޮއެ ހެދުމެވެ.

ހަނގަނޑުގެ ބާވަތްތައް ބަހާލެވިފައިވަނީ މައިގަނޑު ގޮތެއްގައި ތިން ބަޔަކަށެވެ. އެއީ ތެޔޮ ހަމާއި، ކުރަކި ހަމާއި، ތެތޮ-ކުރަކި ހަމެވެ.

މިގޮތުން ހަނގަނޑު ރަނގަޅަށް ބެލެހެއްޓުމަށް ކުރެވިދާނެ 10 މަސައްކަތަކަށް ބަލާލަމާ ހިނގާށެވެ.

އާންމުކޮށް މޫނު ދޮވުން

ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން ދެ ފަހަރު ރަނގަޅަށް ކުލެންޒަރ (މޫނު ސާފުކޮށް ދޮވުމަށް ބޭނުންކުރާ  ވަސީލަތެއް) އަކުން ރަނގަޅަށް މޫނު ދޮވެލާށެވެ. ކްލެންޒަރ އެއް ހޯދުމުގައި ތިމާގެ މޫނާއި ގުޅޭ އެއްޗެއް ހޯދާށެވެ. ތެޔޮ ހަމާއި، ކުރަކި ހަމާއި ތެޔޮ-ކުރަކި ހަމަށް ހާއްސަ ކުލެންސަރ ހުރެ އެވެ. މޫނު މިގޮތަށް ދިވުމުގައި ތިންފަހަރަށް ވުރެ ގިނަ ނުކުރާ ށެވެ. އަދި ހޫނު ފެނާއި، މާބޮޑަށް ފިނިކޮށްހުންނަ ފެން ބޭނުން ނުކުރާށެވެ.

އެކްސްފޮލިޑޭޓު ކުރުން (ނުވަތަ މަރުވެ ހިކިފައިވާ ހަންތައް ނައްތާލުން)

އެންމެ މަދުވެގެން ހަފްތާއަކު އެއްފަހަރު އެކްސްފޮލިޑޭޓު ކުރާށެވެ. އެކްސްފޮލިޑޭޓު ކުރުމަށް ސްކްރަބްއެއް ނުވަ އެކަމަށް ހާއްސަ ކްލެންސާއެއްވެސް ބޭނުން ކުރެވިދާނެ އެވެ. ކޮންމެ ދުވަހަކު އެއްފަހަރު މޫނު އެކްސްފޮލިޑޭޓު ކުރުމަކުންވެސް މައްސަލައެއް ނެތެވެ.

މޮއިސްޗަރރައިޒާއެއް ބޭނުން ކުރުން

ތިމާގެ ހުންނަނީ ކޮންމެކަހަލަ ހަންގަނޑެއް ކަމުގައިވިއަސް ދުވާލަކު މަދުވެގެން ތިންފަހަރު މޮއިސްޗަރައިޒާއެއް ބޭނުންކުރުން ވަރަށް މުހިންމެވެ. ހާއްސަކޮށް އޭސީ ކޮށްފައި ހުންނަތަންތަނާއި ފިނި ތަންތާންގައި ދިރިއުޅޭ މީހުންނަށް މޮއިސްޗަރައިޒަރ އެއްގެ ބޭނުން ބޮޑެވެ ސަބަބަކީ ފިނީގެ ސަބަބުން ހަންގަނޑު ހިކެތީ އެވެ.

ސަންކުރީމެއް ބޭނުންކުރުން

އަބަދުވެސް ސަންކުރީމެއް ބޭނުންކުރުމަށް ހަނދާން ކުރާށެވެ. ހަމުގައި ޖަހާ ކަޅުލައްތައް އާންމުކޮށް ޖަހަނީ އަވީގެ ސަބަބުންނެވެ. ވިއްސާރަ ދުވަހެއްކަމުގައިވިއަސް ސަން ކުރީމެއް ބޭނުންކުރާށެވެ.

ތުންފަތް ހިކުނަ ނުދިނުން

ތުންފަތް ހިކި ފަޅައިގެން ދިއުމަކީ ވަރަށް ވޭންހުރި ކަމެކެވެ. މިހެންކަމުން އަބަދުވެސް ލިޕް ބާމެއް ނުވަ ލިޕް އޮއިލެއް ނުވަތަ ލިޕް ޖެލެއް ބޭނުންކުރާށެވެ.

ހިއުމިޑިފަޔަރ ބޭނުން ކުރުން

ފިނިތަންތަންތާންގައި ދިރިއުޅޭނަމަ ހިއުމިޑިފަރާރ އެއް ބޭނުންކުރާށެވެ. ފިނިވުމުގެ ސަބަބުން ހަނގަނޑު ހިކުމަށް މަގުފަހިވެ އެވެ. ހިއުމިޑިފަޔަރ އެއް ބޭނުން ކުރުމުން މާހައުލުގައި ހުންނަ ވައިގެ ތެތްކަން އިތުރު ކޮށްދޭނެ އެވެ.

ނިދި ހަމަކުރުން

ނިދިހަމަ ނުކުރާނަމަ ހަނގަނޑު އަނދިރިވެ، ވަރުދޫވާގޮތް މެދުވެރިވާނެ އެވެ. މިހެންކަމުން ކޮންމެ ރެއަކުވެސް އެންމެ މަދުވެގެން ހަތް ގަޑީރާއި އަށްގަޑީރު ނިދުމަށް އާންމު ކުރާށެވެ.

ފެން ބުއިން

ފެނަކީ އިންސާނާގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށާއި، ހަށިގަނޑު ސާފުކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް މާއްދާ އެވެ. ހަނގަނޑު ހިކުމުން ސަލާމަތްކުރުމަށް ކޮންމެ ދުވަހަކުވެސް އެންމެ މަދުވެސް ހަތް ތައްޓާއި އަށް ތަށްޓާއި ދެމެދުގެ އަދަދަކަށް ފެން ބޯންޖެހެ އެވެ.

ފައިދާހުރި ކާނާ ކެއުން

ތިމާ ކާއެއްޗެއްގެ އަސަރު ތިމާގެ ހަށިގަނޑަށް ވަރަށް ބޮޑަށް ކުރެ އެވެ. މިހެންކަމުން ވީހާވެސް ގިނައިން ވިޓަމިން ހުންނަ ކާނާ ކެއުމަށް އާދަކުރާށެވެ. ތޮޔޮ ހުންނަ ތަކެތި ކެއުން މަދު ކުރާށެވެ. ގިނައިން ތެޔޮ ތަކެތި ކާނަމަ މޫނުގައި ބިހި ނަގާގޮތް މެދުވެރިވެ އެވެ.

ކަޝްރަތު ކުރުން

ކަޝްރަތު ކުރުމަށް އާދާކުރާށެވެ. ކަޝްރަތުގެ ސަބަބުން ދާހިއްލައި ހަމުގެ ތެރޭގައި ހުންނަ ހަޑި ތަކެތި ބޭރުކޮށްލަ އެވެ. އަދި ހަމަށް އޮކްސިޖަން ވައްދައިދިނުމަށް އެހީތެރިވެދެ އެވެ.

ފަހުގެ