އަލްގައިދާއިން ޔަމަނުގެ މިލިޓަރީ ބޭހަކަށް ހަމަލާދީފި

އިއްޔަގެ ވަގުތެއްގައި ޔަމުނުގެ މިލިޓަރީ ބޭހަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގައި އެގައުމުގެ 15 ސިފައިން މަރުވެ އިތުރު 29 މީހަކު ޒަހަމްވެފައިވެ އެވެ. މިހަމަލާގައި އަލްގައިދާގެ އަށް މީހަކުވެސް މަރުވެފައިވާކަމަށް ޔަމަނުގެ އޮފިޝަލުން ބުނެ އެވެ.

މިހަމަލާ ދީފައިވަނީ އެމެރިކާ ސިފައިން ޔަމަނުގެ ޖާރ ސިޓީ އަށް ދިން ހަމަލާއެއްގައި ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރުން ކަމަށް ޝައްކުރުވޭ ބަޔަކު މަރާލިތާ ސައުވީސް ގަޑީރުގެ ތެރޭގަ އެވެ. އަދި މިހަމަލާ އަކީ އެމެރިކާއިން ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއްކަމަށްވެސް ގިނަބަޔަކު ދެކެ އެވެ.

ފަހުގެ