ލުބުނާނުގެ އިންޓަނަލް އިންޓަލިޖެންސްގެ އިސްވެރިއާ މާރާލައިފި

ބޭރޫތުގައި ދިން ކާރުބޮމުގެ ހަމަލާއެއްގައި ލުބުނާނުގެ އިންޓަރނަލް ސެކިއުރިޓީ ފޯސް ގެ އިންޓަލިޖެންސް ޗީފް ވިސާމް އަލް ހަސަން މަރާލައިފި އެވެ.

ވިސާމް މާރާލުމަށް ދިން ކާރުބޮމުގެ ހަމަލާގައި އިތުރު އަށް މީހަކު  މަރުވެ 80 މީހަކު ވަނީ ޒަހަމްވެފަ އެވެ. އިއްޔެދިން މި ހަމަލާއަށްފަހު ލުބުނާނުގެ މަގުތަކުގައި ސެކިއުރިޓީ ބެލެހެއްޓުންވަނީ އިތުރުކޮށްފަ އެވެ.

ވިސާމް އަކީ ސީރިއާގެ ރައީސް ބައްސާރުލް އަސަދާއި ގާތްގުޅުމެއް އޮންނަ މިޝެއިލް ސާމާހާ ކިޔާ މީހަކު ލުބުނާނަށް ހަތިޔާރު އެތެރެކުރަން އުޅެނިކޮށް އަތުލައިގަތުމުގައިވެސް އިސްރޯލެއް އަދާކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ އެގައުމުގެ ކުރީގެ ޕްރައިމް މިނިސްޓަރުގެ ދަރިއެއްވެސްމެ އެވެ.

ފަހުގެ