މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް

Flight

ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރެއް ކަމަށްވާ އަބްދުލް މާނިއު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މެކްޓަން ސީބޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފްލައިޓް ޓްރެއިނިންގ ކުރަމުންދަނިކޮށެވެ.

މާނިއު ދުއްވި މަތިންދާބޯޓުގެ ކުރިމަތީގައި ހުރި ބުރަފަތި ނިއްވާލާފައި ނެތުމުގެ ސަބަބުން އޭނާއަށް ނޭނގި އެ ބުރަފަތީގައި ޖެހުނީކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި މާނިއުއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، މިހާރު އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެ ދަރިވަރު ބުނެފައިވެއެވެ.

މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބު އޮޅުންފިލުވުމަށް ތަހުގީގެއް ކުރިއަށްދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ފިލިޕީންސްއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިނިންގ ނަގަމުންދާ ގައުމެއް ކަމަށްވާއިރު، އެއާވޯކްސް ފްލައިޓް އެކަޑަމީއަކީ ދިވެހި ދަރިވަރުން ކިޔަވަމުންދާ ތަނެކެވެ.

ފަހުގެ