މަޖިލީހުގެ 71 މެންބަރުންގެ އިއްތިފާގުން ސީއެސްސީއަށް މުޖުތާޒު ހޮވައިފި

Z6tic54fmyv0dsqankkimplowzg779xxrxg4b2sf

މަޖިލީހުގެ 71 މެންބަރުންގެ އިއްތިފާގުން ސީއެސްސީއަށް މުޖުތާޒު ހޮވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް، މއ. ސިގްމާ، އަލްއުސްތާޒު މުހައްމަދު މުޖުތާޒު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ވޯޓުލި 71 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މުޖުތާޒަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަމާއި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރެއްގެ މަގާމް ހުސްވެފައިވަނީ، ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމަށް ވޯޓަށް އަހަން ތައްޔާރުވެފައިވަނިކޮށް މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.

އިބްރާހިމް ރަޝީދުގެ އިސްތިއުފާއާ ގުޅިގެން ސީއެސްސީ މެންބަރު ކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީވެސް މުޖުތާޒުގެ ނަން އެކަންޏެވެ. މުޖުތާޒަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިވެސް ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ފަހުގެ