އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު މާލެއަށް ވަޑައިގެންފި

މުޙަންމަދު ނަޝީދު އަބޫދާބީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި އެވެ.

ރައީސް ނަޝީދު އަބޫދާބީއަށް މިމަހު 16 ވަނަ ދުވަހު ވަޑައިގަތީ އަންނަ އަހަރު ދޭ ޒައިދު ފިއުޗާ އެނަޖީ އިނާމު ލިބޭ ފަރާތްތައް ހޮވުމަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ރައީސް ނަޝީދު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރުފަހު، މާލެ ވަޑައިގެންނެވި އިރު އެމްޑީޕީގެ ލީޑަރޝިޕާއި، އެޕާޓީގެ މެންބަރުންނާ އެކު މަނިކުފާނަށް ތާއީދުކުރާ އެތައް ބަޔަކު ވަނީ 4 ނަންބަރު ޖެޓީން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޝާމްސް ޕަވަރ ކޮމްޕެނީން އަބޫދާބީ ގައި ގާއިމްކޮށްފައިވާ ރިނީވަބްލް އެނާރޖީ ސައިޓަށް ވެސް ޒިޔާރަތްކުރައްވާފައި ކަމަށް އެމްޑީޕީން ބުނެ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ބަނދުގައި ބެހެއްޓި މައްސަލައިގައި ހުޅުމާލޭ ކޯޓުން ހިނގަމުންދާ ޝަރީއަތާއި ގުޅުގެން ރައީސް ނަޝީދުގެ ފާސްޕޯޓު މިދިޔަ ހަފްތާގެ އާދީއްތަދުވަހު ހިފެހެއްޓުމަށްފަހު، ފަސް ދުވަހަށް ޕާސްޕޯޓު ދޫކޮށްފައިވަނީ މިދިޔަ ހޯމަދުވަހު އެވެ. ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ އެދުމުގެ މަތިން ޕާސްޕޯޓު ދޫކޮށްފައިވަނީ މިމަހު 16 ވަނަ ދުވަހުން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފަހުގެ