ރައީސް ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ކުރުމަށް ޖީއެމްއާރުން ހަރަދު ކުރޭ: އައްބާސް އާދިލް ރިޒާ

އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ރައީސް ޑރ މުހައްމަދު ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބް ކުރުމަށް ބޭނުންވާ ވަރަށް ވޯޓްހޯދުމަށްޓަކައި ޖީއެމްއާރު ކުންފުނިން ޚަރަދުކުރަމުން ގެންދާކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައިވާކަމަށް ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

“މި ވޯޓާއި ގުޅިގެން އާންމުންގެ ތެރޭގައި އެފަދަ ވާހަކަތައް ދެކެވެމުންދާކަން ސަރުކާރަށްވެސް އެގިވަޑައިގެންފައިއޮތީ. ދިވެހިރާއްޖޭގައި ވިޔަފާރިކުރާ މިފަދަ ކުންފުނިތަކުން ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމެއް.” ދިޓީވީއަށް އައްބާސް ދެއްވާފައިވާ އިންޓަވިއު އެއްގައި ވިދާޅުވި އެވެ.

އައްބާސް ވިދާޅުވެފައިވަނީ އެވޯޓް ކާމިޔާބް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރަށް ލިބިފައިވާ ކަމަށާއި، ޑރ. މުހައްމަދު ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އެމްޑީޕީން ކުރާ މަސައްކަތަކީ، މަޖިލީހުގެ ވަގުތު ނަގާލުމުގެ ގޮތުން ކުރާމަސައްކަތެއް ކަމަށެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕް ނައިބް ލީޑަރ، އަލީ ވަހީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ އިތުބާރުނެތްކަމުގެ ވޯޓަކީ ސަރުކާރު ބަދަލުކުރުމަށް މަޖިލީހުގެ ތެރެއިން އެމްޑީޕީން ކުރާނެ އެންމެ ފަހުގެ މަސައްކަތްކަމަށާއި އެމްޑީޕީގެ މެންބަރުން ތިބީ އެވޯޓް ކާމިޔާބް ވާނެކަމުން އުންމީދުގައިކަމަށެވެ.

ފަހުގެ