ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެންމީހާ ދޫކޮށްލައިފި

ރަޙުމްކުޑަގޮތަކަށް ޙަމަލާދީ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ އަންހެންމީހާ ޝަރުޠުތަކަކާއެކު ކޯޓުން ދޫކޮށްލައިފި އެވެ.

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ހަމީހުންގެ ތެރެއިން އަންހެން މީހާ، މިއަދު ކްރިމިނަލްކޯޓުގެ މުއްދަތުގެ މަޖިލީހަށްފަހު ދޫކޮށްލާފައިވާއިރު، ހައްޔަރުކޮށްފައިވާ މީހުންގެތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިރޭ ވަނީ އިތުރުކޮށްދީފަ އެވެ.
މިމައްސަލާއިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަމީހުންގެ ތެރެއިން އަންހެންމީހާ ވިޔަވައި އިތުރުމީހަކު ދޫކޮށްލިކަން އަދިވަނީ ސާފުނުވެފައެވެ.

ފަހުގެ