ޕްރިޓީ ލިޓުލް ލަޔާސް ގެ އައު އެޕިސޯޑަކަށް ގިނަބަޔަކު ކެތްމަދުވެފައި!!

ދިވެހި އަންހެ ކުދިންގެ ތެރޭގައި ބޮޑު ތަރުހީބެއް އޮންނަ “ޕްރިޓީ ލިޓުލް ލަޔާސް” އަކީ އެމެރިކާގެ މަޝްހޫރު ލިޔުންތެރިއެއްކަމަށްވާ ސެރާ ޝެޕާޑް ލިއެފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އޭބީސީ ފެމިލީން 2010 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ދައްކަން ފަށާފައިވާ ޑުރާމާ ސީރީޒް އެކެވެ.

ފުރާވަރު އުމުރުފުރައިގެ އަންހެން ކުދިންނަށް ހާއްސަކޮށްފައިވާ މި ސީރީޒް އިން ދައްކުވައިދެނީ އެކު އެކީގައި އުޅޭ ފަސް އަންހެން ކުދިންގެ ތެރެއިން އެއްކުއްޖަކު ސްލަމްބާރ ޕާޓީއެއްގެ ތެރެއިން މަރާލުމުން ބާކީ ތިބި ހަތަރު ކުދިންނަށް ދިމާވާ އާދަޔާހިލާފު ގޮތްނޭގެ ހާދިސާ ތަކެކެވެ.

“ޕްރިޓީ ލިޓުލް ލަޔާސް” ގެ ފުރަތަމަ ސީޒަން އަށް ލިބުނު ކާމިޔާބީ އާއި އެކު އޭބީސީ ފެމިލީން ވަނީ އެ ސީރީޒްގެ ދެވަނަ ސީޒަން 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނެރެފަ އެވެ. އަދި މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އެ ސީރީޒްގެ ތިންވަނަ ސީޒަންވެސް ވަނީ ނެރެންފަށާފަ އެވެ.

ތިންވަނަ ސީޒަންގައި ޖުމްލަ 23 އެޕިސޯޑު ހިމެނޭއިރު، ތިންވަނަ ސީޒަން ނެރެފައިވަނީ ދެ ބަޔަކަށް ބަހާލައިގެނެވެ. މިގޮތުން މިއަހަރުގެ ޖޫން 5 ވަނަ ދުވަހުން ފަށައިގެން އޮގަސްޓު 28 ވަނަ ދުވަހާ ހަމައަށް ނެރެފައިވަނީ 12 އެޕިސޯޑެވެ. އެތައްބަޔަކު ކެތްމަދުވެފައިވާއިރު 13 ވަނަ އެޕިސޯޑު ދެއްކުމަށް ހަމަޖައްސާފައިވަނީ މިހިނގާ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

މި މަހުގެ 23 ވަނަ ދުވަހު ނުކުންނަ އެޕިސޯޑުގައި ދައްކުވައިދޭނީ ހޮލޮވީން ޕާޓީއެއްގެ ތެރޭގައި ކަންތައް ހިނގާނެ ގޮތެވެ. އެ ޕާޓީއަށް “އޭ” ޓީމުން އަންނާނެ އެވެ. އަދި އެ ޕާޓީގައިވެސް އަނެއްކާވެސް ކޮންމެވެސް އެކަކައު މަރާލުމަށް “އޭ” ޓީމުން ވަނީ ރާވާފަ އެވެ.

މި ސީރީޒްގެ ފޭނުންނަށް އޮތް އުފާވެރި ހަބަރަކީ 4 ވަނަ ސީޒަންވެސް ނެރުމަށް އޭބީސީ ފެމިލީން ނިންމާފައިވާކަމެވެ.

ފަހުގެ