ކޯޓުތަކަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ގާޒީން އަމަލުކުރަންވީ ވަކި ހަރުދަނާ އުސޫލުތަކެއް ނެތުން: ޝާއިރު

ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ކޯޓުތަކުގެ ގާޒީން އަމަލުކުރަންވީ ވަކި ހަރުދަނާ އުސޫލުތަކެއް ނެތުންކަމަށް ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ހަބަރުތެރެއިން ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝާއިރުވިދާޅުވީ ބައެއްފަހަރު ކޯޓުތަކުގެ ގާޒީން މަސައްކަތްކުރަނީ ހިތުހުރިގޮތަކަށް ކަމަށެވެ.

“ހަގީގަތުގައި ކޯޓުތަކަށް ދިމާވާ އެންމެބޮޑު އެއްމައްސަލައެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ.. މިސާލަކަށް އެއްވެސް މީހަކު ތަރުތީބެއް ނެތި އޭނާ މަގުމައްޗަށް ދޫކޮށްލާފައި ހުރިކަމަށްވަންޔާ އޭނަ ހިތު ހުރިގޮތަކަށް ކަންތައް ކުރާނީ.. ހަމަ ކޯޓުތަކަށްވެސް ވަނީ އެހެން. ކޯޓުތަކުގެ ގާޒީން އަމަލުކުރަންވީ ގާނޫނުތަކެއް އުސޫލުތަކެއް ނޯވޭ.” ޝާއިރު ވިދާޅުވި އެވެ.

މިގޮތުން ކޯޓެއްގެ އަޑުއެހުން ނިމޭދުވަހު ދެން އަޑުއެހުން އޮންނާނެ ދުވަހެއް އަންގަންވާނެކަމަށް ސްޕްރީމް ކޯޓުން އަންގާފައިވީނަމަވެސް އެގޮތަށް ކޯޓުތަކުން އަމަލުކުރަނީ މަދުފަހަރެއްގައިކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

“ހަމަ މިގޮތަށް އެބައޮވޭ މައްސަލައެއް ނިންމާއިރު އެމައްސަލައަކަށް ވާސިލުވި ނުކުތާތައް ދޭންޖެހޭނެއޭ. ކޮންކޯޓަކުންތޯ ދެނީ؟ ގާޒީ ހިތައް އަރައިފިއްޔާ ދޭނީ.”

މިފަދަ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަނަށްހުޅަހެޅިއަސް އެއްބާރުލުން ނުލިބޭކަމަށް ޝާއިރު ވިދާޅުވި އެވެ.

“ދަންނަވަން މިއުޅޭވާހަކައަކީ މީހަކު ތަރުތީބު ކުރާއެއްޗަކީ އޭނަ އަމަލުކުރަންޖެހޭނެ އުސޫލުތައް. ނުވަތަ މުޖުތަމައެއް ރަނގަޅުކުރެވޭނީ މުޖުތަމައުގައި ދިރިއުޅޭ އިންސާނުން އަމަލުކުރަންޖެހޭ ގައިދާތަކެއް ނުވަތަ އުސޫލުތަކެއް ކަނޑައަޅާފައި އޮތުން. ގާނޫނުތަކެއް އޮތުން. ކޯޓުތަކުން އަމަލުކުރާނެ ގާނުތަކެއް ނެތީމަ އެތާމީހުން ހިތުހުރި ގޮތަކަށޭ އަމަލުކުރަނީ.”

ފަހުގެ