ފުވައްމުލަކުގައި ހިންގި މާރާމާރީ އެއްގައި ދެ ޒުވާނަކު ޒަހަމްވެއްޖެ

ޏ. ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީ 21 އަހަރުގެ ޒުވާނަކާއި 22 އަހަރުގެ ޒުވާނަކު ޒަޚަމް ކޮށްލައިފިއެވެ.

މިއަދު އިރު އޮއްސި 07:40 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޏ. ފުވައްމުލަކު މާދަނޑު، ހިންޓަން ސަރަޙައްދުން ޒަޚަމް ކޮށްލާފައި ވަނީ ޏ. ފުވައްމުލަކު ދަނޑިމަގު ވައިގެ އަޙުމަދު މުސްލިމް (21އ) އާއި ޏ. ފުވައްމުލަކު ހޯދަނޑު ފެހިދޫލަ އިބްރާހީމް ޝިފާޒް (22 އ) ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންނަށް މި ޙާދިސާގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެސަރަޙައްދަށް ގޮސް ޒަޚަމްވި ދެ މީހުން ފުލުހުންގެ އެހީތެރިކަމާއެކު ޏ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދޭން ފަށައިފައެވެ.

މި ޙާދިސާގައި މުސްލިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާއިރު ޝިފާޒުގެ ހަށިގަނޑުގެ 3 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައި ވެއެވެ. މިދެމީހުންގެ ތެރެއިން މުސްލިމްގެ ޙާލު ސީރިއަސްކަމަށް ފުލުހުން ބުނެ އެވެ.

ފަހުގެ