ފުލުހަކަށް ހަމަލާދިންކަމަށް ބުނެ ދައުލަތުން އިބްރާހީމް ރަޝީދް (ބޮންޑޭ) މައްޗަށް ކުރާ ދައުވާއަށް އޭނާ އިންކާރުކުރައްވައިފި

ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އަޅާ، ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދް (ބޮންޑޭ) ގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް އޭނާ އިންކާރުކުރައްވައިފި އެވެ.

ދައުވާއަށް އިންކާރުކުރެއްވުމަށްފަހު އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ އޭނާގެ ފަރާތުން ވަކަލާތު ކުރެއްވުމަށް ރާއްޖެއިން ބޭރުން ވަކީލަކު ގެންނަން ބޭނުންފުޅުވާ ކަމަށެވެ. އަދި ތިން ދުވަހުގެ މުއްދަތެއްގެ ތެރޭގައި މިކަން ކުރެވޭނެކަމަށް ގަބޫލުފުޅު ނުކުރެވޭތީ މުއްދަތު އިތުރުކޮށް ދިނުމަށްވެސް މެމްބަރު ވަނީ އެދިފައެވެ.  އެހެންނަމަވެސް ގާޒީ ވިދާޅުވެފައިވަނީ ގަވައިދުގެ މަތިން ވަކީލަކު އައްޔަން ކުރަން ދެވޭނީ ތިން ދުވަސް ކަމަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވެފައިވަނީ ޖުލައި 30 ވަނަ ދުވަހު، ހަވީރު އެމް.ޑީ.ޕީ އަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ ބަޔަކު، ކޮލި އުމަރު މަނިކު ގޯޅިން ވަން ވޭ އާއި އިދިކޮޅަށް އޯކިޑް މަގަށް ނިކުތުމުން، ފުލުހުން އެމީހުން ހުއްޓުވާ ލައިސެންސް ދިނުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ލައިސެންސް ދިނުމަށް އެންގުމުން، އެމް.ޑީ.ޕީ ގެ ސަޕޯޓަރުން ލައިސެންސް ދީގެން ނުވާނެކަމަށް ބުނެ، ފުލުހުންނާއި ހަޑި ހުތުރު ބަހުން ބޮންޑޭ މުއާމަލާތް ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް، އެކަމަށް އެއްވެސް އިޖާބައެއް ނުދީ ފުލުހެއްގެ މޭމަތީގައި އަތުން ޖަހާފައިވާ ކަމަށް ތިން ފުލުހަކު ބުނެފައިވާ ކަމަށް ވެސް ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ފަހުގެ