ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހެއްގެ މައްސަލަ ޕީޖީ އަށްފޮނުވައިފި

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް އިންޒާރު ދިން މީހެއްގެ މައްސަލައިގެ ތަޙްޤީޤް ފުރިހަމަކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވައިފި ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައާއި ގުޅިގެން 2012 އޮކްޓޯބަރ 08 ވަނަ ދަޢުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ތ.ވިލުފުށި އަސަރީމަންޒިލް، ޙަސަން ރަމީޒު (38އ) ގެ މައްޗަށްކަމަށް ފުލުހުން ބުނެ އެވެ.

ޙަސަން ރަމީޒުގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2012 ސެޕްޓެމްބަރު މަހު 22 ވަނަ ދުވަހު 18:15 ހާއިރު ޓީސީ ގޯޅިގަނޑު ތެރޭގައި ހިނގި މާރާމާރީ އެއް ކޮންޓްރޯލުކުރަން ދިޔަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންނަށް އިންޒާރު ދިން މައްސަލައާއި ގުޅިގެންކަމަށް ފުލުސް އޮފީހުން ބުނެ އެވެ.

ފަހުގެ