ޔޮޓް ޓުއާސް މޯލްޑިވްސް އިން ދޫކުރި 3 ޗެކެއް ބައުންސްވެފައިވާ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 3 ޗެކެއް ބައުންސްވެފައިވާ މައްސަލައެއް ތަޙްޤީޤު ނިންމައި ޕޮރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވައިފި މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

އެ ސާވިސްގެ ވެބްސައިޓުގައި ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.

ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ދިވެހި ފައިސާގެ ދެ ޗެކަށްވާ ޖުލްމަ އަދަދަކީ އެއްލައްކަ އަށާވީސް ހާސް ހަސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ (128668.1) އެއްލާރިއެވެ. އަދި ބޭރުފައިސާގެ ގޮތުގައި ތޭރަހާސް ހަސަތޭކަ ސާޅީސް ތިންޑޮލަރު ހިމެނެ ކަމަށް ފުލުހުން ބުނެ އެވެ.  މި ތިން ޗެކް ބައުންސްވެފައިވާ ކަމަށް ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑުން ފުލުހުންނަށް ހުށަހަޅާފައިވަނީ 2012 ސެޕްޓެންބަރ 26 ވަނަ ދުވަހުގައެވެ.

ޔޮޓް ޓުއާޒްގެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވާފައިވާއިރު އެ ކުންފުނީގެ ޗެއާމަން އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ފަހަކަށް އައިސް މަޖިލީހުގެ ޖަލްސާތަކުގައި ފާޅުގައި ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި އެކުންފުނިން ހިންގާ ބައެއް ރިސޯޓްތަކަށް ފައިސާ ނުދައްކައިގެން މީރާއިން އަންނަނީ ސިވިލްކޯޓުގައި ދައުވާކުރަމުންނެވެ.

ފަހުގެ