މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފި

ދޮންހުރާގޯޅީ (ލޮރެންޒޯ ޕާކު) ގައި ހިނގި މާރާމާރީއެއްގައި ޒުވާނަކު ޒަޚަމްކޮށްލައިފި ކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ ހަވީރު 3:45 ހާއިރު ހިނގި މި މާރާމާރީގައި އަނިޔާވެފައިވަނީ ޢުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމާރާމާރީ ހިންގާފައިވަނީ ތިން މީހުންގެ ގްރޫޕަކުން ކަމަށާއި، މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ގެންދަނީ ތަހްޤީޤްކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި އުމުރުން 16 އަހަރުގެ މުހައްމަދު އަރުހަމް މަރާލާފައި އޮއްވާ ފެނިފައިވަނީވެސް އެ ސަރަހައްދުންނެވެ.

ފަހުގެ